ލީބިޔާގެ އަވަހާރަކޮށްލާފައިވާ ލީޑަރު
މުޢައްމަރުލް ޤައްޛާފީގެ ފިރިހެން ދަރިކަލުން ސައިފުލް އިސްލާމް ހައްޔަރުކުރެވިއްޖެކަމަށް
ލީބިޔާގެ ޤައުމީ އިންތިޤާލީ ކައުންސިލުން ހާމަކޮށްފި އެވެ.
ސައިފުލް އިސްލާމާއި އެކު ޤައްޛާފީގެ އިސް
ތަރުޖަމާނު މޫސާ އިބްރާހީމްވެސް ހައްޔަރުކޮށްފައިވާކަމަށް ނޫސްތަކުން މަޢުލޫމާތު
ދެ އެވެ.
ބައެއް ނޫސްތަކުން ބުނާގޮތުގައި ސައިފް
އަދި މޫސާ އަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މެދު
އިރުމަތީގެ ބައެއް ނޫސްތަކުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި
ސައިފުލްއިސްލާމްގެ އެއް އަތް ބުރިވެފައިވާތީ އޭނާ އަށް ފަރުވާ ދެމުން އެބަ ދެ
އެވެ. އަދި އޭނާ ވަނީ ސީރިއަސް ޙާލަތެއްގައިކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.
ޤައްޛާފީގެ 7 ދަރިކަލަކާއި 1 ދަރިކަނބަލުންގެ
ތެރެއިން 3 ބޭފުޅަކު ވަނީ މިހާތަނަށް އަވަހާރަކޮށްލާފަ އެވެ. އަދި އެހެން 4
ބޭފުޅަކުވަނީ އަވަށްޓެރި ޤައުމުތަކަށް ފިއްލަވައިގެން ވަޑައިގަނެފަ އެވެ.
ހުޅަނގުން ތަޢުލީމް ޙާޞިލްކުރައްވައިގެން
ހުންނެވި ސައިފުލް އިސްލާމްގެ މައްޗަށް ކުރެވޭ އިންސާނިއްޔަތާއި ޚިލާފް
ޢަމަލުތަކެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމަށް ވަގުތީ ސަރުކާރުން ހޯދަމުން
އަންނަތާ 2 މަސް ވެއްޖެ އެވެ.
މީގެ ކުރިން ވެސް އެތައް ފަހަރަކު ސައިފް
ހައްޔަރުކުރިކަމުގެ ޚަބަރުތައް ފެތުރިފައިވެ އެވެ. ނަމަވެސް އެއިން ކޮންމެ
ފަހަރަކުވެސް ސައިފުލް އިސްލާމް ޤައްޛާފީ ވަނީ އޭނާ ސަލާމަތުން ހުރިކަން
ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވެފަ އެވެ.
ލީބިޔާއަށް މިހާރު އަންނަމުންދާ އިސްލާޙީ
ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ވަޤުތީ ސަރުކާރުން ލީބިޔާގެ ކުރީގެ ލީޑަރު
މުޢައްމަރުލް ޤައްޛާފީ އާއި އޭނާގެ އާއިލާ އަމާން ދިނުމަށް މީގެ ކުރިން އެދިފައިވެ
އެވެ. ނަމަވެސް ފަހު ވަގުތާ ޖެހެންދެންވެސް އަމާންނުދޭނެކަމަށް ހާމަކުރުމާއެކު
ވަގުތީ ސަރުކާރުންވަނީ އެތައް މުހުލަތެއް ދިނުމަށްފަހު އެމީހުން ހައްޔަރުކުރުމުގެ
މަސައްކަތް ފަށާފަ އެވެ.
No comments:
Post a Comment