ޤާހިރާ: ފޭސްބުކުގައި އިސްލާމްދީނަށް
ފުރައްސާރަކުރި މިޞްރުގެ ރައްޔިތެއްގެ މައްޗަށް ކުށް ޘާބިތުވުމާ ގުޅިގެން 3
އަހަރުގެ ޖަލު ބަންދަށް މިޞްރުގެ ކޯޓަކުން ޙުކުމް ކޮށްފި އެވެ.
އައިމަން ޔޫސުފް މަންޞޫރު ނަމަކަށް ކިޔާ މި
މީހާ "ޤަޞްދުގައި އިސްލާމްދީނުގެ ކަރާމާތަށް ފުރައްސާރަކޮށް، ފޭސްބުކުގައި ހުތުރު
ބަހުން އެދީނަށް މަލާމާތްކޮށްފައިވާކަމަށް" ޤާހިރާގެ ކޯޓުން ބުނެ އެވެ.
މަންޞޫރު ބޭނުންކޮށްފައިވަނީ
ކޮންޢިބާރާތެއްކަން ކޯޓުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިޞްރުގެ ނޫސްތަކުން
ބުނާގޮތުގައި މަންޞޫރު ފާޑުކިޔާފައިވަނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ޞައްލަﷲ
ޢަލައިހި ވަސައްލަމް) އާއި އެކަލޭގެފާނުގެ އަހުލު ބައިތުންނަށެވެ.
މަންޞޫރު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ
އޮގަސްޓްމަހު ފުލުހުން އޭނާގެ އިންޓަރނެޓް އެޑްރެސް ޓްރެކްކޮށްގެން ހިންގި
އޮޕަރޭޝަނެއްގަ އެވެ.
އައިމަން ޔޫސުފް މަންޞޫރަކީ ކޮން ދީނެއްގެ
މީހެއްކަން ކޯޓުން ކަށަވަރުކޮށްދީފައި ނުވިޔަސް، އިސްލާމް ދީނަށް މަލާމާތްކުރުމަކީ
މިޞްރުގެ ޤާނޫނު އަސާސީއާ ޚިލާފްކަމެކެވެ.
No comments:
Post a Comment