Pages

Wednesday, October 26, 2011

ތުރުކީ އަށް އައި ބިން ހެލުމުގައި ސަލާމަތްވި ދެ ހަފްތާގެ ކުޑަ ކުއްޖަކު


އާދީއްތަ ދުވަހު ތުރުކީއަށް އައި ބިން ހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެފައި އޮތް އެންމެ ދެ ހަފްތާގެ ކުޑަ ކުއްޖަކު މީހުން ސަލާމަތްކުރަން މަސައްކަތްކުރާ މީހުން ސަލާމަތްކޮށްފި އެވެ. މި ކުޑަ ކުއްޖާއާ އެކު ވަނީ އޭނާގެ މަންމަ އާއި މާމަ ވެސް ސަލާމަތްކޮށްފަ އެވެ.
ވެއްޓިފައިވާ އެޕާރޓްމެންޓް ޢިމާރާތެއްގެ ދަށުގައި 2 ދުވަހަށްވުރެ ގިނަ އިރު ތާށިވެފައި އޮތުމަށްފަހު އެންމެ 2 ހަފްތާގެ މި ކުޑަ ކުއްޖާ ސަލާމަތްކުރެވުމުން ދިރި ތިބި އިތުރު މީހުން ފެންނާނެ ކަމުގެ އުއްމީދު އިތުރު ވެފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.
އަންގާރަ ދުވަހު ސަލާމަތްކުރެވުނު ކުޑަކުއްޖާގެ ޞިއްޙަތު ރަނގަޅެވެ. ނަމަވެސް މިހާރު އެކުއްޖާވަނީ ތުރުކީގެ ވެރިރަށް އަންކަރާގެ ހަސްފަތާލަކަށް ފޮނުވާފަ އެވެ.
ހާދިޘާ ހިނގާފައިވާ ސަރަޙައްދުން މަޢުލޫމާތު ދެމުން އަލްޖަޒީރާގެ ރިޕޯރޓަރަކު ކިޔާދީފައިވާ ގޮތުގައި އެކުޑަކުއްޖާއާއި އޭނާގެ މަންމަ އާއި މާމަ ސަލާމަތްވުމަށް އެހީތެރިވެދީފައިވަނީ ސޯފާ ބެޑެކެވެ. އެޕާރޓްމަންޓްގެ ފަންގިފިލާ ވެއްޓުމުން, 3 މައިންނަށް ތިބެވޭނެ ވަރުގެ ޖާގައެއް އެސޯފާގެ ސަބަބުން ހެދިފައިވާކަމަށް އޭނާ ބުނެ އެވެ. މިހާރުވެސް 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މިޙާދިޘާގައި ކުޑަކުޑަ ކުއްޖަކު 2 ދުވަސް ފަހުން ސަލާމަތްކުރެވިފައިވާކަމީ ﷲގެ ކުޅަދުންވަންތަކަން ކަމަށް ޤަބޫލުކުރަން ޖެހެ އެވެ.

ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ތިބެދާނެކަމަށް ޤަބޫލުކުރެވެ އެވެ. ޢިމާރާތްތަކުގެ ދަށުން މީހުންގެ އަޑު އިވޭކަމަށް މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާމީހުންނާ ޙަވާލާދީ ނޫސްވެރިން ބުނެ އެވެ.

No comments: