ޑރ. ހައިޘަމް އަލް ހައްދާދަކީ ލަންޑަންގައި ދިރިއުޅުއްވާ އިސްލާމީ ޢިލްމުވެރިއެކެވެ. އިނގިރޭސި ވިލާތުގެ ތަފާތު ދީނީ މުޢައްސަސާތަކުގައި ޝެއިޚް ދަނީ މަސައްކަތްކުރައްވަމުންނެވެ.
ތިރީގައި މިގެނެސްދެނީ ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރު އަލް ޤައްޛާފީ އަވަހާރަކޮށްލި ޙާދިޘާއާ މެދު ޝެއިޚް ހައިޘަމް އަލް ޙައްދާދު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ދިވެހި ތަރުޖަމާ އެވެ.
ތިބާ
ޤައްޛާފީގެ ނަން ޔޫޓިއުބްކޮށް އޭނާގެ ކުރީގެ ބައެއް ވީޑިޔޯތައް ބަލައިފިނަމަ، އޭނާ
ދުވަހަކު މަރުނުވާނެ ފަދައިން އޭނާ ވާހަކަދައްކާފައިވާކަމަށް ތިބާއަށް ހީކުރެވޭނެ އެވެ.
އިންސާނުން ބޮޑާވެ މަގުފުރެދި އަނިޔާވެރިވެގެން ދިޔުމަކީ ޢަޖައިބެކެވެ. މިހުރިހާ
ކަމެއް މިވަނީ އޭނާގެ މަތީގައިވާ ކަލާނގެއަށް އޭނާ ކިޔަމަންވާން ޖެހޭކަން އޭނާ
ހަނދާންނެތުމުންނެވެ. ﷲ ޤުރުއާނުގައި ވަޙީކުރައްވަނީ:
" ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން،
އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް
ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ."
ފިރުޢައުނާމެދު
ﷲ ވަޙީކުރައްވާފައިވަނީ،
" އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. ފަހެ،
ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު
ދެކެވަޑައިގަންނަވާށެވެ!"
ވަރަށް
ގިނަ މީހުންނަކީ ޖާހިލު މޮޔަ ބައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް
މިހާރު "ރަސްކަލުންގެ ރަސްގެފާނު" [އެބަހީ އެކަމަށް ދަޢުވާކުރި
ޤައްޛާފީ] ގެ ނިމުން ދެކޭނެ އެވެ. މިހާރު ޤައްޛާފީ ކޮބައިހެއްޔެވެ؟ އޭނާގެ
ދަރިންނާއި އޭނާގެ ލަޝްކަރުތަކާއި، އޭނާގެ މުދަލާއި، އޭނާގެ ސަޕޯރޓަރުން ކޮބާ
ހެއްޔެވެ؟ މިހާރު އޭނާ ކުރި ކަންތަކުގެ ޙަޤީޤަތާ އޭނާ ކުރިމަތިލާނެ އެވެ. 40އަށް
ވުރެ ގިނަ އަހަރުގެ ބޮޑާކަމާއި އަނިޔާވެރިކަން މަދު ސުކުންތު ކޮޅެއްގެ ތެރޭގައި
ނެތި ހިނގައްޖެ އެވެ. މަދު ހަފްތާތަކެއް ކުރިން އޭނާ އޭނާގެ މީހުން އެއީ
މީދާތަކެއް ކަމުގައި ގޮވި މީހާ، ﷲގެ އިޛްނަފުޅާއެކު، ނުފެނި ޖަންގްޝަން
ހޮޅިއެއްގައި ނެތިގެން އެދިޔައީ މީދަލެއް ފަދައިންނެވެ.
އޭނާގެ
ޙަޔާތާއި މަރު އެއީ އެހެން ވެރިންނަށް އޮތް ޢިބްރަތެއްގެ އިތުރުން އަހަރެމެން
އެންމެންނަށް ވެސް އޮތް ޢިބްރަތެކެވެ. ސަބަބަކީ އަހަރެމެން އެންމެންގެ ހިތުގައި ވެސް
ކޮންމެވެސް ވަރަކަށް އަނިޔާވެރިކަމާއި ބޮޑާކަން އެކުލެވެ އެވެ. އަހަރެމެންގެ
ތެރެއިން ބައެއް މީހުން އެމީހުންގެ ދަށުގައި ތިބޭ މީހުންނަށް ހަމަ އެބީދާއިން ކަންތައް
ކުރަމު އެވެ. އަނެއް ބަޔަކު ނަޞީޙަތަށް ދެކޮޅު ހަދަ އެވެ. އަދި އާޔަތްތަކަށްވެސް
މެ އެވެ. މީހުންގައި ހުންނަ ބޮޑާކަމުގެ އަސަރު ބަޔާންކުރައްވާ ﷲ ވަޙީކުރައްވަނީ:
" حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން،
ތިމަންރަސްކަލާނގެ آية ތަކުން
އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ.
ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް،
އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ
މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ
އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ."
ޤައްޛާފީ
ވެއްޓެން ވުމުން އޭނާ އާ ދުރަށް ޖެހުނު އެންމެ ފުރަތަމަ ބަޔަކަށްވަނީ ފާޅުގައި
ނުވަތަ ސިއްރުގައި ޤައްޛާފީއަށް ތާއީދުކުރި ހުޅަނގުގެ ގިނަ ޤައުމުތަކެވެ. މިކަމާ
މެދު އަޅުގަނޑުމެން ފިކުރުކޮށް، އެމީހުންގެ އަމިއްލަ އެދުންތަކަށް ކުލަ ބަދަލުކޮށް
އަދި އެއްވެސް ވެލިޔުއަކަށް އިޚްތިރާމެއްނެތް ބައެއްގެ ފަރާތުން ޙިމާޔަތް
ހޯދުމުން ދުރުހެލިވާކަށް ނުވޭތޯ އެވެ؟
އަޅުގަނޑުމެންގެ
މުސްލިމް އުންމަތް ދިރިއޮތްކަމާއި، އޭގެ މަޤާމް ހޯދުމަށްޓަކާ ހޭލަމުންދާ ކަން
ލީބިޔާގެ ރައްޔިތުން ޘާބިތުކޮށްދީފި އެވެ. ﷲ ވަޙީކުރައްވަނީ،
" މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ.
ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި،
އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ."
ނުވާނެކަންތައް
ވާނެކަންތަކަށް ބަދަލުކޮށްލެވިދާނެކަން ލީބިޔާގެ ރައްޔިތުން ހާމަކޮށްދީފި އެވެ.
މަދު އަހަރުކޮޅެއް ކުރިން ތިބާ މީހެއް ގާތު ޤައްޛާފީ ބޭރުކޮށްލެވިދާނެތޯ
އަހައިފިނަމަ، އެކަކުވެސް އެކަމަކީ ވާނެކަމެއް ކަމަށް ޤަބޫލެއް ނުކުރާނެ އެވެ.
އެހެނަސް،
ﷲ ގެ އިރާދަފުޅާއެކު، އެކަން ވެއްޖެ އެވެ. މުސްލިމުން އެމީހުންގެ ޙާލަތާއި އަދި
މުސްތަޤްބަލާމެދު ދެކެމުންދާ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އެހެނީ، މުސްލިމުން މެދުއިރުމަތީގެ
އެންމެ ނުބައި ތިން އަނިޔާވެރިން ބޭރުކޮށްލައިފީމު އެވެ. އަދި އަވަސް
މުސްތަޤްބަލެއްގައި އެ އެންމެންނަށް ވުރެ އެންމެ ނުބައި ސީރިޔާގެ ރައީސްވެސް
ބޭރުކޮށްލާނެ އެވެ. ހުޅަނގުންވެސް އިސްލާމްދީނާއި އަދި މުސްލިމުންނާ މެދު ދެކޭ
ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އަދި އިސްލާމްދީނާ ހުޅަނގާ އޮންނަ ގުޅުން އަލުން
މުރާޖަޢާކޮށް އައު ޙުދޫދުތަކެއްގެ މައްޗަށް އެގުޅުން ބިނާކުރަން ވެއްޖެ އެވެ.
No comments:
Post a Comment