Pages

Thursday, October 27, 2011

5 އަހަރު ކޯމާއެއްގައި އޮތުމަށްފަހު އެރިއެލް ޝެރޯންގެ އިނގިއްޔެއް ޙަރަކާތްކޮށްލައިފި

އެއްވެސް ޙަރަކާތެއް ނެތި 5 އަހަރު ވަންދެން ކޯމާއެއްގައި ޕެރަލައިޒްވެފައި އޮތުމަށްފަހު، އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އެރިއެލް ޝެރޯން މި ހަފްތާގެ އާދީއްތަ ދުވަހު އޭނާގެ އަތުގެ އިނގިއްޔެއް ޙަރަކާތްކޮށްލައިފި ކަމަށް ޢާއިލާގެ ފަރާތުން ބުނެފި އެވެ.

ފަލަސްޠީނުގެ އެތައް މުސްލިމް ރައްޔިތުންނާ ދެކޮޅަށް ރަޙުމްކުޑަ ލާއިންސާނިއްޔަތުގެ ޖަރީމާތަކެއް ހިންގާފައިވުމުގެ ސަބަބުން މުސްލިމުންނާއި ބައިނަލް އަޤްވާމީ މުޖްތަމަޢުގައި ޝެރޯނާމެދު ވަނީ ނަފްރަތްތެރިކަން އުފެދިފަ އެވެ. އެގޮތުން ލުބްނާނުގެ ހުޅަނގު ބެއިރޫތުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނާ ދެކޮޅަށް 1982 ވަނަ އަހަރު ހިންގުނު މަޝްހޫރު "ޞަބްރާ އަދި ޝާތީލާގެ ޤަތުލުޢާއްމު" ހިންގާފައިވަނީ ޝެރޯންގެ ޑިފެންސް މިނިސްޓަރުކަމުގެ ދުވަސްވަރެވެ. އެ ޤަތުލުޢާއްމުގައި އެކަނިވެސް 3000އަށްވުރެ ގިނަ ޢާއްމުންވަނީ ރަޙުމްކުޑަ ގޮތަކަށް މަރާލާފަ އެވެ.

އެރިއެލް ޝެރޯނަކީ އޭނާގެ ބޮޑު ވަޒީރުކަމުގައާއި އަދި އިޒްރޭލުގެ ތަފާތު މަޤާމްތައް ފުރަމުން ދިޔައިރު ފަލަސްޠީނުގެ ރައްޔިތުންނާމެދު ބޮޑެތި ޖަރީމާތަކެއް ހިންގފައިވާ ބޮޑު މުޖްރިމެކެވެ. 2006 ވަނަ އަހަރު ޖެނުއަރީ މަހު ސްޓްރޯކެއް ޖެހުމުގެ ސަބަބުން އޭނާވަނީ ކޯމާއަކަށް ލާފަ އެވެ. އޭގެ ފަހުން އޭނާ ޢާއިލާއާ އޭނާ ޙަވާލުކޮށްފައިވަނީއަށް 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ޙަރަކާތެއް ކޮށްލައިފިކަމަށް އޭނާގެ ފިރިހެން ދަރިފުޅު ޤިލާދު ޝެރޯން އެމެރިކާގެ ނޫހަކަށް މައުލޫމާތު ދީފައި މިއަހަރުގެ އޮކްޓޯބަރު މަހު ތެރޭގަ އެވެ.

އެތައް ޤަތުލުޢާއްމެއް ހިންގާފައިވާ ޝެރޯންއަށް ސްޓްރޯކެއް ޖެހި އެނދުމަތިކުރެވުމުން، އޭނާއަކީ "ޞުލްޙައިގެ ބޭފުޅެއް"ކަމަށް އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ސިފަކުރެއްވި އެވެ. ޝެރޯން އެނދުމަތި ކުރިތާ އެއްދުވަސް ފަހުން އިޒްރޭލްގެ ބޮޑުވަޒީރުކަމަށް ވަނީ އެހޫދު އޮލްމާރޓް ހަމަޖައްސާފަ އެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ޝެރޯން މިފަދައިން މަރު ނުވެ އޮތުމުގެ ސަބަބުން އޭނާ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޢުދުވާންތަކުގެ ބަދަލު ދުނިޔެމަތީގައި ވެސް އެދަނީ ލިބެމުންނެވެ. ނަމަވެސް އޭނާއަށް ސަޕޯރޓް ކުރާ މީހުންނަށް އޭނާ ޙަރަކާތްކޮށްލައިފި ކަމުގެ ޚަބަރުވެގެން ދިޔައީ އުފާވެރި ޚަބަރަކަށެވެ. އެހެނަސް، ޝެރޯން އަލުން ދުޅަހެޔޮ ޞިއްޙަތެއްގެ ދިރިއުޅުމެއް ހޭދަކުރާން އަންނާނެކަމީ ވަރަށް ނާދިރުކަމެކެވެ. ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނެތި މަރުވެސް ނުވެ އެވޭނާއި އަނިޔާގައި އޭނާ އޮވެގެން ދާކަމީ މިހާރުގެ އެފަދަ ވެރިންނަށް ލިއްބައިދޭ ޢިބްރަތެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.

Wednesday, October 26, 2011

ލީބިޔާގެ ސިރްޠުގައި ތެޔޮ ޓޭންކެއް ގޮވުމުގެ ސަބަބުން 100 މަރު



ލީބިޔާގެ އުތުރުގެ ރަށެއްކަމުގައިވާ ސިރުޠުގައި ތެޔޮ ޓޭންކެއް ގޮވުމުގެ ސަބަބުން 100 ވަރަކަށް މީހުން މަރުވެއްޖެ އެވެ. މިސަރަޙައްދަކީ ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރު އަލް ޤައްޛާފީގެ ބާރު ގަދަ ސަރަޙައްދެކެވެ.
ހޯމަ ދުވަހުގެ ރޭގެ މި ޙާދިޘާއަކީ "ވަރަށް ބޮޑު ގޮވުމެއް އަދި ހުޅު ރޯވުމެއް"ކަމަށާއި، "100 އަށް ވުރެ ގިނަ މީހުން މަރުވެ، 50 މީހުން ޒަޚަމް ވެ"ފައިވާކަމަށް ލީބިޔާގެ ޤައުމީ އިންތިޤާލީ މަޖްލީހުގެ ކޮމާންޑާރެއް ކަމުގައިވާ ލައިޘް މުޙައްމަދު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެ ޙާދިޘާ ހިނގި ސަރަޙައްދު ސިފަކޮށްދެއްވަމުން އެބޭފުޅާ ވިދާޅުވެފައިވަނީ އެ ސަރަޙައްދަކީ "އަނދާފައިވާ ހަށިތައް އޮތް" އަދި "ހިތަށް ހިތާމަ ގެނުވާ" މަންޒަރެއްކަމަށެވެ.
ސިރްޠުގައި މި ގޮވުމެއް ގޮވާފައި މިވަނީ ލީބިޔާގެ ކުރީގެ ލީޑަރު ޤައްޛާފީ އެރަށުގައި ހައްޔަރުކޮށް އަވަހާރަކޮށްލާ ލީބިޔާ ފަތަޙަކުރެވުނުކަން މިހާރުގެ ވަގުތީ ސަރުކާރުން އިޢުލާނު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާ މި ޙާދިޘާ ހިނގި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ.

ތުރުކީ އަށް އައި ބިން ހެލުމުގައި ސަލާމަތްވި ދެ ހަފްތާގެ ކުޑަ ކުއްޖަކު


އާދީއްތަ ދުވަހު ތުރުކީއަށް އައި ބިން ހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެފައި އޮތް އެންމެ ދެ ހަފްތާގެ ކުޑަ ކުއްޖަކު މީހުން ސަލާމަތްކުރަން މަސައްކަތްކުރާ މީހުން ސަލާމަތްކޮށްފި އެވެ. މި ކުޑަ ކުއްޖާއާ އެކު ވަނީ އޭނާގެ މަންމަ އާއި މާމަ ވެސް ސަލާމަތްކޮށްފަ އެވެ.
ވެއްޓިފައިވާ އެޕާރޓްމެންޓް ޢިމާރާތެއްގެ ދަށުގައި 2 ދުވަހަށްވުރެ ގިނަ އިރު ތާށިވެފައި އޮތުމަށްފަހު އެންމެ 2 ހަފްތާގެ މި ކުޑަ ކުއްޖާ ސަލާމަތްކުރެވުމުން ދިރި ތިބި އިތުރު މީހުން ފެންނާނެ ކަމުގެ އުއްމީދު އިތުރު ވެފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.
އަންގާރަ ދުވަހު ސަލާމަތްކުރެވުނު ކުޑަކުއްޖާގެ ޞިއްޙަތު ރަނގަޅެވެ. ނަމަވެސް މިހާރު އެކުއްޖާވަނީ ތުރުކީގެ ވެރިރަށް އަންކަރާގެ ހަސްފަތާލަކަށް ފޮނުވާފަ އެވެ.
ހާދިޘާ ހިނގާފައިވާ ސަރަޙައްދުން މަޢުލޫމާތު ދެމުން އަލްޖަޒީރާގެ ރިޕޯރޓަރަކު ކިޔާދީފައިވާ ގޮތުގައި އެކުޑަކުއްޖާއާއި އޭނާގެ މަންމަ އާއި މާމަ ސަލާމަތްވުމަށް އެހީތެރިވެދީފައިވަނީ ސޯފާ ބެޑެކެވެ. އެޕާރޓްމަންޓްގެ ފަންގިފިލާ ވެއްޓުމުން, 3 މައިންނަށް ތިބެވޭނެ ވަރުގެ ޖާގައެއް އެސޯފާގެ ސަބަބުން ހެދިފައިވާކަމަށް އޭނާ ބުނެ އެވެ. މިހާރުވެސް 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މިޙާދިޘާގައި ކުޑަކުޑަ ކުއްޖަކު 2 ދުވަސް ފަހުން ސަލާމަތްކުރެވިފައިވާކަމީ ﷲގެ ކުޅަދުންވަންތަކަން ކަމަށް ޤަބޫލުކުރަން ޖެހެ އެވެ.

ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ތިބެދާނެކަމަށް ޤަބޫލުކުރެވެ އެވެ. ޢިމާރާތްތަކުގެ ދަށުން މީހުންގެ އަޑު އިވޭކަމަށް މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާމީހުންނާ ޙަވާލާދީ ނޫސްވެރިން ބުނެ އެވެ.

ޤައްޛާފީގެ މަރާމެދު: ޝެއިޚް ޙައިޘަމް އަލް ޙައްދާދުގެ ބަސްކޮޅެއް

ޑރ. ހައިޘަމް އަލް ހައްދާދަކީ ލަންޑަންގައި ދިރިއުޅުއްވާ އިސްލާމީ ޢިލްމުވެރިއެކެވެ. އިނގިރޭސި ވިލާތުގެ ތަފާތު ދީނީ މުޢައްސަސާތަކުގައި ޝެއިޚް ދަނީ މަސައްކަތްކުރައްވަމުންނެވެ.
ތިރީގައި މިގެނެސްދެނީ ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރު އަލް ޤައްޛާފީ އަވަހާރަކޮށްލި ޙާދިޘާއާ މެދު ޝެއިޚް ހައިޘަމް އަލް ޙައްދާދު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ދިވެހި ތަރުޖަމާ އެވެ.

ތިބާ ޤައްޛާފީގެ ނަން ޔޫޓިއުބްކޮށް އޭނާގެ ކުރީގެ ބައެއް ވީޑިޔޯތައް ބަލައިފިނަމަ، އޭނާ ދުވަހަކު މަރުނުވާނެ ފަދައިން އޭނާ ވާހަކަދައްކާފައިވާކަމަށް ތިބާއަށް ހީކުރެވޭނެ އެވެ. އިންސާނުން ބޮޑާވެ މަގުފުރެދި އަނިޔާވެރިވެގެން ދިޔުމަކީ ޢަޖައިބެކެވެ. މިހުރިހާ ކަމެއް މިވަނީ އޭނާގެ މަތީގައިވާ ކަލާނގެއަށް އޭނާ ކިޔަމަންވާން ޖެހޭކަން އޭނާ ހަނދާންނެތުމުންނެވެ. ﷲ ޤުރުއާނުގައި ވަޙީކުރައްވަނީ:
” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.”
ފިރުޢައުނާމެދު ﷲ ވަޙީކުރައްވާފައިވަނީ،
” އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!”
ވަރަށް ގިނަ މީހުންނަކީ ޖާހިލު މޮޔަ ބައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު “ރަސްކަލުންގެ ރަސްގެފާނު” [އެބަހީ އެކަމަށް ދަޢުވާކުރި ޤައްޛާފީ] ގެ ނިމުން ދެކޭނެ އެވެ. މިހާރު ޤައްޛާފީ ކޮބައިހެއްޔެވެ؟ އޭނާގެ ދަރިންނާއި އޭނާގެ ލަޝްކަރުތަކާއި، އޭނާގެ މުދަލާއި، އޭނާގެ ސަޕޯރޓަރުން ކޮބާ ހެއްޔެވެ؟ މިހާރު އޭނާ ކުރި ކަންތަކުގެ ޙަޤީޤަތާ އޭނާ ކުރިމަތިލާނެ އެވެ. 40އަށް ވުރެ ގިނަ އަހަރުގެ ބޮޑާކަމާއި އަނިޔާވެރިކަން މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ނެތި ހިނގައްޖެ އެވެ. މަދު ހަފްތާތަކެއް ކުރިން އޭނާ އޭނާގެ މީހުން އެއީ މީދާތަކެއް ކަމުގައި ގޮވި މީހާ، ﷲގެ އިޛްނަފުޅާއެކު، ނުފެނި ޖަންގްޝަން ހޮޅިއެއްގައި ނެތިގެން އެދިޔައީ މީދަލެއް ފަދައިންނެވެ.
އޭނާގެ ޙަޔާތާއި މަރު އެއީ އެހެން ވެރިންނަށް އޮތް ޢިބްރަތެއްގެ އިތުރުން އަހަރެމެން އެންމެންނަށް ވެސް އޮތް ޢިބްރަތެކެވެ. ސަބަބަކީ އަހަރެމެން އެންމެންގެ ހިތުގައި ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެރިކަމާއި ބޮޑާކަން އެކުލެވެ އެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ދަށުގައި ތިބޭ މީހުންނަށް ހަމަ އެބީދާއިން ކަންތައް ކުރަމު އެވެ. އަނެއް ބަޔަކު ނަޞީޙަތަށް ދެކޮޅު ހަދަ އެވެ. އަދި އާޔަތްތަކަށްވެސް މެ އެވެ. މީހުންގައި ހުންނަ ބޮޑާކަމުގެ އަސަރު ބަޔާންކުރައްވާ ﷲ ވަޙީކުރައްވަނީ:
” حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ.”
ޤައްޛާފީ ވެއްޓެން ވުމުން އޭނާ އާ ދުރަށް ޖެހުނު އެންމެ ފުރަތަމަ ބަޔަކަށްވަނީ ފާޅުގައި ނުވަތަ ސިއްރުގައި ޤައްޛާފީއަށް ތާއީދުކުރި ހުޅަނގުގެ ގިނަ ޤައުމުތަކެވެ. މިކަމާ މެދު އަޅުގަނޑުމެން ފިކުރުކޮށް، އެމީހުންގެ އަމިއްލަ އެދުންތަކަށް ކުލަ ބަދަލުކޮށް އަދި އެއްވެސް ވެލިޔުއަކަށް އިޚްތިރާމެއްނެތް ބައެއްގެ ފަރާތުން ޙިމާޔަތް ހޯދުމުން  ދުރުހެލިވާކަށް ނުވޭތޯ އެވެ؟
އަޅުގަނޑުމެންގެ މުސްލިމް އުންމަތް ދިރިއޮތްކަމާއި، އޭގެ މަޤާމް ހޯދުމަށްޓަކާ ހޭލަމުންދާ ކަން ލީބިޔާގެ ރައްޔިތުން ޘާބިތުކޮށްދީފި އެވެ. ﷲ ވަޙީކުރައްވަނީ،
” މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ.”
ނުވާނެކަންތައް ވާނެކަންތަކަށް ބަދަލުކޮށްލެވިދާނެކަން ލީބިޔާގެ ރައްޔިތުން ހާމަކޮށްދީފި އެވެ. މަދު އަހަރުކޮޅެއް ކުރިން ތިބާ މީހެއް ގާތު ޤައްޛާފީ ބޭރުކޮށްލެވިދާނެތޯ އަހައިފިނަމަ، އެކަކުވެސް އެކަމަކީ ވާނެކަމެއް ކަމަށް ޤަބޫލެއް ނުކުރާނެ އެވެ.
އެހެނަސް، ﷲ ގެ އިރާދަފުޅާއެކު، އެކަން ވެއްޖެ އެވެ. މުސްލިމުން އެމީހުންގެ ޙާލަތާއި އަދި މުސްތަޤްބަލާމެދު ދެކެމުންދާ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އެހެނީ، މުސްލިމުން މެދުއިރުމަތީގެ އެންމެ ނުބައި ތިން އަނިޔާވެރިން ބޭރުކޮށްލައިފީމު އެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އެ އެންމެންނަށް ވުރެ އެންމެ ނުބައި ސީރިޔާގެ ރައީސްވެސް ބޭރުކޮށްލާނެ އެވެ. ހުޅަނގުންވެސް އިސްލާމްދީނާއި އަދި މުސްލިމުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އަދި އިސްލާމްދީނާ ހުޅަނގާ އޮންނަ ގުޅުން އަލުން މުރާޖަޢާކޮށް އައު ޙުދޫދުތަކެއްގެ މައްޗަށް އެގުޅުން ބިނާކުރަން ވެއްޖެ އެވެ.

Tuesday, October 25, 2011

ޤައްޛާފީގެ މަރާމެދު: ޝެއިޚް ޙައިޘަމް އަލް ޙައްދާދުގެ ބަސްކޮޅެއް

ޑރ. ހައިޘަމް އަލް ހައްދާދަކީ ލަންޑަންގައި ދިރިއުޅުއްވާ އިސްލާމީ ޢިލްމުވެރިއެކެވެ. އިނގިރޭސި ވިލާތުގެ ތަފާތު ދީނީ މުޢައްސަސާތަކުގައި ޝެއިޚް ދަނީ މަސައްކަތްކުރައްވަމުންނެވެ.
ތިރީގައި މިގެނެސްދެނީ ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރު އަލް ޤައްޛާފީ އަވަހާރަކޮށްލި ޙާދިޘާއާ މެދު ޝެއިޚް ހައިޘަމް އަލް ޙައްދާދު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ދިވެހި ތަރުޖަމާ އެވެ.

ތިބާ ޤައްޛާފީގެ ނަން ޔޫޓިއުބްކޮށް އޭނާގެ ކުރީގެ ބައެއް ވީޑިޔޯތައް ބަލައިފިނަމަ، އޭނާ ދުވަހަކު މަރުނުވާނެ ފަދައިން އޭނާ ވާހަކަދައްކާފައިވާކަމަށް ތިބާއަށް ހީކުރެވޭނެ އެވެ. އިންސާނުން ބޮޑާވެ މަގުފުރެދި އަނިޔާވެރިވެގެން ދިޔުމަކީ ޢަޖައިބެކެވެ. މިހުރިހާ ކަމެއް މިވަނީ އޭނާގެ މަތީގައިވާ ކަލާނގެއަށް އޭނާ ކިޔަމަންވާން ޖެހޭކަން އޭނާ ހަނދާންނެތުމުންނެވެ. ﷲ ޤުރުއާނުގައި ވަޙީކުރައްވަނީ:

" ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ."

ފިރުޢައުނާމެދު ﷲ ވަޙީކުރައްވާފައިވަނީ،

" އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ!"

ވަރަށް ގިނަ މީހުންނަކީ ޖާހިލު މޮޔަ ބައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިހާރު "ރަސްކަލުންގެ ރަސްގެފާނު" [އެބަހީ އެކަމަށް ދަޢުވާކުރި ޤައްޛާފީ] ގެ ނިމުން ދެކޭނެ އެވެ. މިހާރު ޤައްޛާފީ ކޮބައިހެއްޔެވެ؟ އޭނާގެ ދަރިންނާއި އޭނާގެ ލަޝްކަރުތަކާއި، އޭނާގެ މުދަލާއި، އޭނާގެ ސަޕޯރޓަރުން ކޮބާ ހެއްޔެވެ؟ މިހާރު އޭނާ ކުރި ކަންތަކުގެ ޙަޤީޤަތާ އޭނާ ކުރިމަތިލާނެ އެވެ. 40އަށް ވުރެ ގިނަ އަހަރުގެ ބޮޑާކަމާއި އަނިޔާވެރިކަން މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ނެތި ހިނގައްޖެ އެވެ. މަދު ހަފްތާތަކެއް ކުރިން އޭނާ އޭނާގެ މީހުން އެއީ މީދާތަކެއް ކަމުގައި ގޮވި މީހާ، ﷲގެ އިޛްނަފުޅާއެކު، ނުފެނި ޖަންގްޝަން ހޮޅިއެއްގައި ނެތިގެން އެދިޔައީ މީދަލެއް ފަދައިންނެވެ.

އޭނާގެ ޙަޔާތާއި މަރު އެއީ އެހެން ވެރިންނަށް އޮތް ޢިބްރަތެއްގެ އިތުރުން އަހަރެމެން އެންމެންނަށް ވެސް އޮތް ޢިބްރަތެކެވެ. ސަބަބަކީ އަހަރެމެން އެންމެންގެ ހިތުގައި ވެސް ކޮންމެވެސް ވަރަކަށް އަނިޔާވެރިކަމާއި ބޮޑާކަން އެކުލެވެ އެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ދަށުގައި ތިބޭ މީހުންނަށް ހަމަ އެބީދާއިން ކަންތައް ކުރަމު އެވެ. އަނެއް ބަޔަކު ނަޞީޙަތަށް ދެކޮޅު ހަދަ އެވެ. އަދި އާޔަތްތަކަށްވެސް މެ އެވެ. މީހުންގައި ހުންނަ ބޮޑާކަމުގެ އަސަރު ބަޔާންކުރައްވާ ﷲ ވަޙީކުރައްވަނީ:

" حق އަކާނުލައި ބިމުގައި ބޮޑާވެގެން އުޅޭމީހުން، ތިމަންރަސްކަލާނގެ آية ތަކުން އެއްކިބާކުރައްވާހުށީމެވެ. އެއުރެނަށް ކޮންމެ آية އެއް ފެނުނަސް، އެއަކަށް އެއުރެންނެއް إيمان އެއް ނުވެތެވެ. ރަނގަޅު ގޮތުގެ މަގު އެއުރެންނަށް ފެނުނަސް، އެއީ މަގެއްކަމުގައި އެއުރެން ނުހިފަތެވެ. އަދި ފުރެދުމުގެ މަގު އެބައިމީހުންނަށް ފެނިއްޖެނަމަ، އެއީ މަގެއްކަމުގައި އެއުރެން ހިފަތެވެ. އެއީ އެއުރެން ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު غافل ވެގެންވާ ބަޔަކު ކަމުގައި އެއުރެން ވީކަމަށްޓަކައެވެ."

ޤައްޛާފީ ވެއްޓެން ވުމުން އޭނާ އާ ދުރަށް ޖެހުނު އެންމެ ފުރަތަމަ ބަޔަކަށްވަނީ ފާޅުގައި ނުވަތަ ސިއްރުގައި ޤައްޛާފީއަށް ތާއީދުކުރި ހުޅަނގުގެ ގިނަ ޤައުމުތަކެވެ. މިކަމާ މެދު އަޅުގަނޑުމެން ފިކުރުކޮށް، އެމީހުންގެ އަމިއްލަ އެދުންތަކަށް ކުލަ ބަދަލުކޮށް އަދި އެއްވެސް ވެލިޔުއަކަށް އިޚްތިރާމެއްނެތް ބައެއްގެ ފަރާތުން ޙިމާޔަތް ހޯދުމުން  ދުރުހެލިވާކަށް ނުވޭތޯ އެވެ؟

އަޅުގަނޑުމެންގެ މުސްލިމް އުންމަތް ދިރިއޮތްކަމާއި، އޭގެ މަޤާމް ހޯދުމަށްޓަކާ ހޭލަމުންދާ ކަން ލީބިޔާގެ ރައްޔިތުން ޘާބިތުކޮށްދީފި އެވެ. ﷲ ވަޙީކުރައްވަނީ،

" މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ. ފޮތުގެ أهل ވެރިން إيمان ވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمان ވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ."

ނުވާނެކަންތައް ވާނެކަންތަކަށް ބަދަލުކޮށްލެވިދާނެކަން ލީބިޔާގެ ރައްޔިތުން ހާމަކޮށްދީފި އެވެ. މަދު އަހަރުކޮޅެއް ކުރިން ތިބާ މީހެއް ގާތު ޤައްޛާފީ ބޭރުކޮށްލެވިދާނެތޯ އަހައިފިނަމަ، އެކަކުވެސް އެކަމަކީ ވާނެކަމެއް ކަމަށް ޤަބޫލެއް ނުކުރާނެ އެވެ.

އެހެނަސް، ﷲ ގެ އިރާދަފުޅާއެކު، އެކަން ވެއްޖެ އެވެ. މުސްލިމުން އެމީހުންގެ ޙާލަތާއި އަދި މުސްތަޤްބަލާމެދު ދެކެމުންދާ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އެހެނީ، މުސްލިމުން މެދުއިރުމަތީގެ އެންމެ ނުބައި ތިން އަނިޔާވެރިން ބޭރުކޮށްލައިފީމު އެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އެ އެންމެންނަށް ވުރެ އެންމެ ނުބައި ސީރިޔާގެ ރައީސްވެސް ބޭރުކޮށްލާނެ އެވެ. ހުޅަނގުންވެސް އިސްލާމްދީނާއި އަދި މުސްލިމުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. އަދި އިސްލާމްދީނާ ހުޅަނގާ އޮންނަ ގުޅުން އަލުން މުރާޖަޢާކޮށް އައު ޙުދޫދުތަކެއްގެ މައްޗަށް އެގުޅުން ބިނާކުރަން ވެއްޖެ އެވެ.

Sunday, October 23, 2011

ޤައްޛާފީގެ ފިރިހެން ދަރިކަލުން ސައިފުލް އިސްލާމް ހައްޔަރުކޮށްފި



ލީބިޔާގެ އަވަހާރަކޮށްލާފައިވާ ލީޑަރު މުޢައްމަރުލް ޤައްޛާފީގެ ފިރިހެން ދަރިކަލުން ސައިފުލް އިސްލާމް ހައްޔަރުކުރެވިއްޖެކަމަށް ލީބިޔާގެ ޤައުމީ އިންތިޤާލީ ކައުންސިލުން ހާމަކޮށްފި އެވެ.

ސައިފުލް އިސްލާމާއި އެކު ޤައްޛާފީގެ އިސް ތަރުޖަމާނު މޫސާ އިބްރާހީމްވެސް ހައްޔަރުކޮށްފައިވާކަމަށް ނޫސްތަކުން މަޢުލޫމާތު ދެ އެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި ސައިފް އަދި މޫސާ އަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މެދު އިރުމަތީގެ ބައެއް ނޫސްތަކުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ސައިފުލްއިސްލާމްގެ އެއް އަތް ބުރިވެފައިވާތީ އޭނާ އަށް ފަރުވާ ދެމުން އެބަ ދެ އެވެ. އަދި އޭނާ ވަނީ ސީރިއަސް ޙާލަތެއްގައިކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.

ޤައްޛާފީގެ 7 ދަރިކަލަކާއި 1 ދަރިކަނބަލުންގެ ތެރެއިން 3 ބޭފުޅަކު ވަނީ މިހާތަނަށް އަވަހާރަކޮށްލާފަ އެވެ. އަދި އެހެން 4 ބޭފުޅަކުވަނީ އަވަށްޓެރި ޤައުމުތަކަށް ފިއްލަވައިގެން ވަޑައިގަނެފަ އެވެ.

ހުޅަނގުން ތަޢުލީމް ޙާޞިލްކުރައްވައިގެން ހުންނެވި ސައިފުލް އިސްލާމްގެ މައްޗަށް ކުރެވޭ އިންސާނިއްޔަތާއި ޚިލާފް ޢަމަލުތަކެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމަށް ވަގުތީ ސަރުކާރުން ހޯދަމުން އަންނަތާ 2 މަސް ވެއްޖެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ސައިފް ހައްޔަރުކުރިކަމުގެ ޚަބަރުތައް ފެތުރިފައިވެ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ސައިފުލް އިސްލާމް ޤައްޛާފީ ވަނީ އޭނާ ސަލާމަތުން ހުރިކަން ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވެފަ އެވެ.

ލީބިޔާއަށް މިހާރު އަންނަމުންދާ އިސްލާޙީ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ވަޤުތީ ސަރުކާރުން ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ޤައްޛާފީ އާއި އޭނާގެ އާއިލާ އަމާން ދިނުމަށް މީގެ ކުރިން އެދިފައިވެ އެވެ. ނަމަވެސް ފަހު ވަގުތާ ޖެހެންދެންވެސް އަމާންނުދޭނެކަމަށް ހާމަކުރުމާއެކު ވަގުތީ ސަރުކާރުންވަނީ އެތައް މުހުލަތެއް ދިނުމަށްފަހު އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ފަށާފަ އެވެ.