Pages

Tuesday, May 24, 2011

ސްއިސައިޑް ޓޫރިޒަމް އަށް ސްވިޒަލޭންޑް ގެ 85 އިންސައްތަ ތާއީދު!


ސްވިޒަލޭންޑައި އިތުރުވެފައިވާ އަމިއްލައަށް މަރުވުން ނުވަތަ ސްއިސައިޑްކުރުން މަނާކުރުމަށް މިދިޔަ ހަފްތާ އާދީއްތަ ދުވަހު ޒިޔުރިޗްގައި ނެގުނު ޚިޔާލުހޯދުމުގެ ވޯޓުގައި 85 އިންސައްތަ އެކަން މަނާކުރުމާ ދެކޮޅުހަދައިފިއެވެ. ޒިޔުރިޗްއަކީ އަމިއްލައަށް މަރުވާން ބޭނުން މީހުން ސްއިސައިޑްކުރުމަށް އެހީވެދޭ (އަތްގާތްކޮށްދޭ) ބޮޑު ދެ މުޢައްސަސާއެއް ހުންނަ ސިޓީއަކަށް ވުމުން، ސްވިޒަލޭންޑްގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ދަތުރުކުރާ ތަނެކެވެ. 1941 ވަނަ އަހަރުން ފެށިގެން ސްވިޒަލޭންޑްގައި އަމިއްލައަށް މަރުވުމާއި އަމިއްލައަށް މަރުވާން އެހީތެރިވެ ދިނުމަކީ ހުއްދަކުރެވިފައިވާ ކަމެކެވެ.
ބައެއް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު 200 އަށްވުރެ ގިނަ މީހުން ޒިޔުރިޗްގައި އެކަނި ވެސް އަމިއްލައަށް މަރުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުންވެސް ކޮންމެ އަހަރަކު އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ސްވިޒަލޭންޑްގެ ޒިޔުރިޗަށް ޒިޔާރަތް ކުރެއެވެ. މިމަހު 15  ވަނަ ދުވަހު މި ރެފަރެންޑަމް ނެގީ، ޖަރުމަނު ވިލާތާއި، އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތްފަދަ ޤައުމުތަކުން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ސްވިޒަލޭންޑަށް ދަތުރުކުރަމުންދާ އަދަދު އިތުރުވަމުން ދާތީ ސްވިޒަލޭންޑްގެ 2 ސިޔާސީ ޕާރޓީއަކުން  އިސްނަގައިގެންނެވެ. ނަމަވެސް، ސްވިޒާލޭންޑްގެ އެންމެ ބޮޑު ދެ ޕާރޓީކަމަށްވާ ސްވިސް ޕީޕްލްސް ޕާރޓީ އާއި ސޯޝިއަލް ދިމޮކްރޭޓްސް އިން މިކަން މަނާ ކުރުމާ ދެކޮޅު ހަދައެވެ.

ރޮއިޓާރސް އެޖެންސީއާ ޙަވާލާދީ އޮންއިސްލާމް ސައިޓުން މައުލޫމާތު ދީފައިވާ ގޮތުގައި، އަމިއްލައަށް މަރުވުމަށް އެހިތެރިވެދޭ ޖަމާޢަތެއްކަމުގައިވާ ޑިގްނިޓާރސް އިން ހާމަކޮށްފައިވާ ގޮތުގައި  އެ ޖަމާޢަތުން 1000 އަށްވުރެ ގިނަ ބިދޭސީ މީހުން އަމިއްލައަށް މަރުވުމަށް އެހީތެރިވެދީފައިވެއެވެ. ސްވިޒަލޭންޑަކީ އެންމެ މިނިވަން އެއް ޤައުމުގެ ގޮތުގައި ބުނަމުން އަންނަ ޤައުމެކެވެ. އެޤައުމުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އަމިއްލައަށް މަރުވުމަކީވެސް ކޮންމެ މީހަކަށް ލިބިގެންވާ މިނިވަންކަމެކެވެ.
މުޅި ދުނިޔޭންވެސް އަމިއްލައަށް މަރުވުން ހުައްދަކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ސްވިޒަލޭންޑް، ހޮލެންޑް، ލްކްޒެމްބާރގް، ބެލްޖިޔަމް އަދި އެމެރިކާގެ ސްޓޭޓެއްކަމަށްވާ އޮރެގޮން އެވެ.

Saturday, May 21, 2011

ޤަބުރު ކޮނެ މިނިކަށި ކެއުމަށްވުރެ ނުބައިކަމެކެވެ. (ޙަޤީޤީ) 1


ޤަބުރު ކޮނެ މިނިކަށި ކެއުމަށްވުރެ ނުބައިކަމެކެވެ. (ޙަޤީޤީ)




މި ދެފޮޓޯ އެއްކޮށްލަބަލަ. ލިބުނު ކޮމްޕްގައި ޕެއިންޓް ނެތީމަ ކަމެއް ނުވި.

 


















21 މެއި 2011 (ހޮނިހިރު) : މާލެ

ރޭގެ ހާރުދަން ވަގުތެވެ. ކޮޓަރީގެ ކުޑަދޮރުން އާސަހަރާގެ ހަމަހިމޭން މަންޒަރު ބަލަމުން ގެންދިޔައީމެވެ. ހިމޭންކަމުގެ ތެރެއަށް ވަދެ ހައްޔަރުވެފައިވާ ސިކުނޑިއަށް ކުއްލި ސިހުމެއް ގެނުވީ ސަހަރާގެ އެތެރެ ފަރާތުން ހުދު އައްޔެއް އަލިކުރަމުން ދާތަން ފެނުމުންނެވެ. ބައެއް ފަހަރަށް ސީދާ ކޮޓަރިއަށްވެސް އަލިކުރާހެންވެސް ހީވެއެވެ. އަލިއަންނަ ފަރާތް ރަގަޅަށް ބަލާލުމުން ފެނުނީ ކޮންމެވެސް ބަޔަކު ސަހަރާ ތެރޭގައި ޙަރަކާތްތެރިވަމުންދާ މަންޒަރެވެ. އެއީ ޖަނާޒާއެއްގެ ކަމަކާ އުޅޭ ބައެއް ނަމަ އުޅުނީހީ މިހާރު މީހުން ވަޅުލަން ތައްޔާރު ކުރެވިފައިވާ ސަރަޙައްދުގައެވެ. ޤަބުރުތަކާއި މަހާނަތަކުން ފުރިފައިވާ އެތެރެ ފަޅީގައެއް ނޫނެވެ.

އެމީހުން ދެން އެއީ ކޮންކަމެއް ކުރާ ބައެއް ބާވައެވެ؟ ޢާއިލާ މީހެއް ނުވަތަ ރަޙްމަތްތެރިއެއްގެ ޤަބުރަށް ޒިޔާރަތްކޮށްލާ ހެޔޮ ދުޢާއެއް ކުރަންވިޔަސް މިއީ ކޮން ގަޑިއެއް ހެއްޔެވެ؟ ވަގުތާއި ތަނުގެ ގޮތުން އެމީހުން އެކުރަން އުޅޭކަމަކާމެދު ފިކުރުކުރެވެން ފަށައިފިއެވެ. ހިތްވެސް ތެޅެން ފަށައިފިއެވެ. މިއީ އަނެއްކާ ޤަބުރުކޮންނަން އައިސް އުޅޭ ބައެއްބާވައެވެ؟ ވަރަށް ހީވެއެވެ. ނަމަވެސް އަވަހަށް ފުލުހުންނަށް މައްސަލަ ރިޕޯޓްކުރަން އުޅުނީމެވެ. އޭރުން އެމީހުން އެ ޖަރީމާއެއް ނިންމާފައި ނުކުތުމުގެ ކުރީން ހައްޔަރު ކުރާނެއެވެ. ނަމަވެސް ފޯނުގައި ކަމެއް ނެތުމުން އެކަންވެސް އެވަޤުތު ވާކަށްނެތެވެ.

ދެން ކުރެވެން އޮތްކަމަކީ ވާނުވާއެއް ރަނގަޅަށް ބެލުމެވެ. ފުރަތަމަވެސް އެމީހުންނަށް ފެނިދާނެތީ ކޮޓަރީގެ ހޮޅިބުރި ނިއްވާލާ އަލި ފަނޑުކޮށްލީމެވެ. ކުޑަދޮރު ލައްޕާ ދޮރު ފޮތިގަނޑު ގާތްކޮށް ވަރަށް ވަގަށް ލޯގަނޑުގައި ލޯ ޖަހައިގެން، އަރިއަށް ގުދަށް އޮވެ މަންޒަރު ސްކޭންކުރަމުން ގެންދިޔައީމެވެ. ބައެއް ފަހަރަށް ބިން ގަނޑު ކޮންނަނީއޭ ސިފަވެއެވެ. ހަމަގައިމުވެސް އެ ޙަރަކާތްތެރިވަމުން ގެންދަނީ ޤަބުރު ތަކުން ފުރިފައިވާ ސަރަޙައްދެއްގައެވެ. ހަމަޔަޤީނެވެ. އެ ޤަބުރު ކޮންނަނީއެވެ. ސުބުޙާނަﷲ އެވެ! ކޮންފަދަ ބޮޑު ކަމެއްހެއްޔެވެ؟

މިހާރުގެ ޒުވާނުންދޯއެވެ! އާހް.. ޝައިޠާނާއަށް އަޅުކަންކުރާ ކުދިންތައް ކަމަށްވެސް ވެދާނެއެވެ. ސިހުރެއް ހަދަން މިނިކަށި ހޯދާ ބައެއްކަމަށްވެސް ވެދާނެއެވެ. ނުވަތަ ކޮންމެވެސް އެކްސްޕެރިމެންޓެއް ހަދަން އުޅޭ ބައެކެވެ. މިއަދުގެ ޒުވާނުންގެ ޙާލެވެ. ނުބައިކަމެއް ވިއްޔާ ދުނިޔެ ލެއްވިހާ ކަމެއް އޮންނާނީ ކޮށްފައެވެ.

މިހެން ސިއްރުން ބަލަބަލައޮއްވާ އެމީހުން ދާން އުޅޭހެން ހީވެއްޖެއެވެ. ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. ނޭވާ ހިފަހައްޓާލައިގެން އޮވެވުނީމަ ކަމަށްވެސް ވެދާނެއެވެ، ކޮންމެއަކަސް ފަތިސްނަމާދަށް މީހުން މިސްކިތަށް ދިއުމުގެ ކުރިން  މިބަޔަކު ނުކުންނަންވެސް ބޭނުންވާނެ ނޫން ހެއްޔެވެ؟

ކޮންމެއަކަސް އެމީހުންގެ މަސައްކަތް ނިންމާލުމަށްފަހު ދާން ފަށައިފިއެވެ. ފަހުންގޮސް އެމީހުން ކޮނުނު ހިސާބެއް ބެލުމަށް ޢަޒުމް ކަނޑައަޅައިފީމެވެ. އަދި ވީހާ އަވަހަކަށް ފުލުހުންނަށް މިކަން އެންގުމަށްވެސް ވިސްނީމެވެ.

މާ ގިނަ އިރުތަކެއްނުވެ ފަތިސްނަމާދަށް ބަންގިގޮވަައިފިއެވެ. ފެނުނު މަންޒަރުތަކުގެ ސަބަބުން ވަރަށް ޖެހިލުންވެ ހުރެ މިސްކިތަށް ދިއުމަށް ނުކުތީމެވެ. ޖެހިލުން ވާނެ ނޫންހެއްޔެވެ؟ މިހާރުގެ ޙާލަތެވެ. ކަށްވަޅުގައި އޮންނަ މީހުންނަށްވެސް ގޯނާ ކުރާ ހިސާބަށް ޒުވާނުންގެ ޢަމަލުތައް ދިޔައީއެވެ. ނުރައްކާކަމެކެވެ. ބިރުވެރިކަމެކެވެ. މިސްކިތުގެ އަމާން ސަލާމަތްތެރި މަންޒަރު ފެންނަ ހިސާބަށް ތެޅިތެޅި އޮތް ހިތަކާއެކު، ދެވެންދެން ހިތަށް ހަމަޖެހުމެއް  ނުލިބުނެވެ.

ޖަމާޢަތުގެ ނަމާދުވެސް ނިމިއްޖެއެވެ. މިސްކިތުން ކުޑަކޮށް މީހުން މަދުވެލުމުން ޤަބުރުސްތާނަށް ވަދެލުމަށް ހިތަށް އެރިއެވެ. ނަމަވެސް ދެން އެވަގުތު ކޮންމެހެން ނުވަނަސް އޯކޭ ވާނޭ ހިތަށް އެރިއެވެ. ކޮންމެހެން ބިރަކުންނެއްވެސް ނޫނެވެ. ބިރުގަތަސް ނުގަތަސް މިގަޑީގައި ވަދެގެން އަނދިރި ގަނޑުތެރޭގައި މާރަނގަޅަށް އެތަން ޗެކް ނުކުރެވޭނެތީ އިހަށް މަޑުކުރީމެވެ.

އިރުއަރާ އަލިވިލިއްޖެއެވެ. މިސްކިތުން މީހުންވެސް ހުސްވެއްޖެއެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފާ ޤަބުރުސްތާނަށް ވަނުމަށް ހިނގައިގަތީމެވެ. މަޑުމަޑުން ކުރިއަށް ދިޔައީމެވެ. އެމީހުން އެކޮނުނު ހިސާބަށް ދިޔަ މަގުމަތީގައި ވަޅުކޮންނަށް ބޭނުންކުރާ އުދަލި ފަދަ ތަކެތި ފާރުގައި ލައްކޮށްފާ ހުއްޓާ ދުށީމެވެ. ސަސްޕެންސް ދިޔައީ އިތުރުވެގެންނެވެ. އެތަނަށް ދެވުމުން ފެންނާނީ އިންސާނެއްގެ ކަށް ބޮލެއް ބާވައެވެ؟ ނުވަތަ ކޯއްޗެއް ބާވައެވެ؟

އެ ހިސާބަށްވެސް ދެވިއްޖެއެވެ. ދެން ޖެހޭނީ އެމަހާނަ ގައު ހޯދާށެވެ. އެހެންކަމުން ޤަބުރުތަކުގެ ތެރެއަށް ވަނީމެވެ. އެއްބައި ތަންތާނގައި ދޮންވެލިން ފާހަގަ ޖަހާފައި ހުއްޓެވެ. އެތެރެއަށް ވަދެވޭ ވަރަކަށް ހިތުގެ ތެޅުން އަވަސް ވެއެވެ. އެގައު ކުއްލިއަކަށްވެސް ފެނިދާނެއެވެ. އާނއެކެވެ. ފެނިއްޖެއެވެ. އަހަރުތަކެއް ވަންދެން މީހުން ވަޅުނުލާ މި ހިސާބުގައި އެހުރި 2 މަހާނަގަލުގެ މެދުން އެހެރީ ވިނަ ނޮޅާފައެވެ. ރޭގައި ނުވަތަ ހަމަ ދެންމެ އެތަންކޮޅުގެ ބިންގަނޑު ކޮނެފައި ހުރިފަދައެވެ. ސުބުޙާނަﷲއެވެ! އަދި ހުރީ ވަކިވަރަކަށް ދޮންވެލިއަޅާ އާކޮށްފައެވެ. ނަމަވެސް އެތަން ކޮނެފައި ހުރިކަން ބަލައިފި މީހަކަށް އެހުރީ ޔަޤީނަށް ފެންނާށެވެ. ސުބުޙާނަﷲ އެވެ! މައްޔިތެއް މައްޗަށް އެރިދާނެތީ ތުރުތުރު އަޅާ ޙާލުވެސް، ހަށިގަނޑު ބެލެންސް ކުރަމުން މިނި ކަށިކޮޅެއްވެސް އޮވެދާނެކަމަށް އެދިމާ ބިންމަތި ބަލަންފެށީމެވެ.

ކުއްލިއަކަށް ފަހަތުން އަޑެއް އިވިއްޖެއެވެ. މީހެއްގެ އަޑެވެ. މީހެއްގެ ހިނގުމުގެ އަޑެވެ. ފަހަތް ބަލަން ނުބަލަން ހުރެފައި ސިއްރު ގޮތަކަށް ބަލާލީމެވެ. މާބޮޑު ގޯހެއް ނެތެވެ. ކަށުކަމާކެމީގެ ކަންތަކުގައި އުޅޭ މަސައްކަތް ކުރާ ބިދޭސީއެކެވެ. ދަންނަ މީހެއްކަމުން އަތުން ހަނާއަޅާލާ އެދިމާއަށް އައުމަށް ގޮވާލީމެވެ. އެއީ މިކަން މީނާއަށް ރަގަޅަށް ކިޔާދޭށެވެ.

އޭނާއައުމުން ރޭގައި އެއްވެސް މީހެއްގެ ޖަނާޒާއެއް އޮތްތޯ ސުވާލުކޮށްލީ މިވާހަކަ ކިޔާދޭން ފައްޓާނެ ގޮތެއް ނޭނގިގެންނެވެ. އަނގަޔަށް ފޮނި ގޮތަކަށް ދިވެހިބަހުން ޖަވާބުދިނުމަށް އޭނާގެ ބޯތެރޭގައި ބަސްތައް ޕްރޮސެސް ކޮށްލާތަން ފެންނަކަހަލައެވެ. ތަންކޮޅެއް "ސްލޮލީ" އެވެ. އެހެންކަމުން ދެވަނަ ސުވާލެއްވެސް ފުރޮޅާލީމެވެ. ރޭ ފަތިހު މިތަނަށް އެއްވެސް ބަޔަކު ވަންކަން އެނގޭތޯ އަހާލީމެވެ. އަދިވެސް ސީދާ ވާހަކަ ނުފެއްޓީ މީނާގެ ސިކުނޑި މި ބޮޑުކަމަށް ހާނުވާލާށެވެ. އެހެން ނޫނީ މިފަކީރަށް ޝޮކެއްވެސް ޖެހިދާނެވިއްޔާ އެވެ.

ދެސުވާލުގެ ތެރެއިން ފުރަތަމަ ސުވާލުގެ ޖަވާބު ޕްރޮސެސްވެ ނިމިގެން އަތުވެއްޖެއެވެ. "ރޭގައި ކުޑަކުއްޖާ ވަޅުލި."
މީނާ އަދި މިދައްކަނީ އެހެން ވާހަކައެކެވެ. މައުޟޫގެ ތެރެއަށް ގެނައުމަށްޓަކާ އަނެއްކާވެސް ސުވާލު ފަތިވަރެއް އަމުނާލީމެވެ. " ރޭގައި ހެއްޔެވެ؟ ހަމަ ރޭ ފަތިހު ހެއްޔެވެ؟ އެއީ މިތާ ހެއްޔެވެ؟ ހަމަ ޔަޤީން ހެއްޔެވެ؟ "
މި ފަހަރުގެ ހުރިހާ ސުވާލަކަށްވެސް އާނއެކޭ ބުނެ ބޯ ހަލުވާލިއެވެ. ހިނދުކޮޅަކަށް މަޑުކޮށްބަލާށެވެ. ކީކޭ ހެއްޔެވެ؟ އެއީ ކަށްކޮންނަން އުޅުން ބައެއް ނޫންހެއްޔެވެ؟ އެއީ މިނިކަށި ހޯދަން އުޅުން ޒުވާނުންތަކެއް ނޫން ހެއްޔެވެ؟ އެއީ ހަމަ މިމީހުންދޯއެވެ؟ ޤަބުރުސްތާން ބަލަހައްޓާ މީހުންދޯއެވެ؟ އެކަމަކު ކުޑަ ކުއްޖަކު މިތާނގައި ވަޅުލީހެއްޔެވެ؟
އޭނާ ދާން ހިނގައިގަންނަމުން އަނެއްކާވެސް ބުންޏެވެ. " މިހާރު މާލެ ސަކަރާތް. މިކުއްޖާވެސް ރޭގަ މަގުމަތީގައި އެއްލާލާފަ. މަރު."

މިހާރު ވީގޮތް ސާފު ވެއްޖެއެވެ. އެބޯރޓްކޮށް ދަރިއެއް މަރާލީއެވެ. އަނެއްކާވެސް ހެއްޔެވެ؟ (އާނއެކެވެ. މިކަން މި އެނގުނީ ފަހުން ދިއިސްލާމް ޗެކްކޮށްލީމައެވެ.) ސުބުޙާނަﷲ އެވެ! މިއީ މާ ބޮޑު ކަމެކެވެ. މިފަހަރު ލިބެން ޖެހޭނެ ޝޮކް ރޭ ފަތިސްދަމު ލިބުނު ޝޮކަށްވުރެ ވަރުގަދަވެ އަސަރު ގަދަވާން ޖެހެއެވެ. މިއީ މާ ބޮޑުކަމެކެވެ.

ދިރި ހުރި ފުރާނައެއް މެރުމެވެ. މަރުވެފައިވާ މައްޔިތެއްގެ ފީވަމުންދާ ކަށިގަނޑަށް ގޯނާ ކުރުމަށްވުރެ މާތް ﷲ ޙުރުމަތްކުރެއްވި ފުރާނައެއް ދުއްވާލުން މާ ބޮޑުވާނެއެވެ. އަދި ކޮބާހެއްޔެވެ؟ އެއްވެސް ކުށެއް ނެތް މައުޞޫމް ކުޑަ ކުޑަ ކުއްޖެއް މަރާލުން ކިހާ ބޮޑުވާނެހެއްޔެވެ؟ އަމިއްލަ ނަފްސުގެ ދިފާޢުގައި އަތް ނުއުފުލާލެވޭނެ ކުއްޖަކަށް އެފަދަ ޖަރީމާއެއް ދިނުން އެއީ ކިހާ ބޮޑުކަމެއް ހެއްޔެވެ؟

ޒިނޭގެ ދަރިއެއް ހޯދުން އެއީ ފާފައެކެވެ. ދެން އެދަރި މަރާލުން އެއީ އެއަށްވުރެ ބޮޑު ފާފައެކެވެ. މީސްތަކުންނަށް އެކަން ނުވިސްނެނީ ކީއްވެބާވައެވެ؟ ފާފަ ފާފައަކަށްވަނީ މީސްތަކުންނަށް ފަޅާއެރީމަހެއްޔެވެ؟ މީސްތަކުންނަށް ނާންގަން ދަރި މަރާލާފަ މަގުމައްޗަށް އެއްލާލާ އަތް ފޮޅާލީމާ އެދެން ތައުބާ ވެވުނީހެއްޔެވެ؟ ފާފަ ނުކުރާ މީހަކަށް ވީހެއްޔެވެ؟ ޒިނޭ ނުކުރާ މީހަކަށް ވީ ހެއްޔެވެ؟ ނޫނެކެވެ. މިހާރު އެވީ 2 ކުށެއްގެ މުޖްރިމަކަށެވެ. ޒިނޭ ކުރާ މީހެކެވެ. އަދި މީހުންވެސް މަރާ މީހެކެވެ. އެފަދަ މީހުންނަށް ލިބޭނެ ޢަޛާބް އިތުރު ވާނެ ނޫންހެއްޔެވެ؟

ދިވެހިން އަޑުއެހި މިޢުރާޖް މާލޫދުން ތިބާގެ ހިތަށް ބިރުވެރިކަމެއް ވަދޭތޯ އަޅެ ބަލާބަލާށެވެ. މިމައުޟޫގައި ލައްކަ ގިނަ ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ތިބާއަށް ފެނިފާ ހުންނާނެއެވެ. މިޢުރާޖު މައުލޫދުގައި ވަނީ މި ޢިބާރާތުންނެވެ.

"އެއަށްފަހު، ގަދަ ޢަޛާބުގައި އެކޮޅުކޮޅުން އެލުވިގެން ވާ އަންހެނުންތަކެއް ދެކެވަޑައިގަތެވެ.
ފަހެ އެމީހުންނީ ޒިނޭގެ ދަރިން ލިބި އެދަރިން މެރި މީހުންކަމުގައި ދެންނެވުނެވެ."

ދެންފަހެ ދަންނައެވެ. ތިބާގެ އަންހެންދަރި އެ ފަދަ ޢަޛާބުގައި ވުމަށް ރުހެވޭނެ ހެއްޔެވެ؟ ތިބާ އޭނާ އަތުގައި ހިފައިގެން ހަސްފަތާލަށް ދަނީ ދުނިޔޭގެ ލަދުން ސަލާމަތްވާށެވެ. ނަމަވެސް މާދަމާ ވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ އެފަދަ ޢަޛާބުގައި ވާތަން ނިކަން ހިތަށް ގެނެސްބަލާށެވެ. ދެންވެސް ވިސްނާށެވެ. އެއްފާފަ ކުރެވުމުން ވާނީ ތައުބާއެވެ. ދެވަނަ ފާފަ ކުރާނީކީ ނޫނެވެ. ބަނޑު ސާފުކުރާނީކީ ނޫނެވެ. ހިތް ޠާހިރު ކުރާނީއެވެ. ތައުބާ ވާނީއެވެ.

Monday, May 09, 2011

އިންޑޮނޭޝިޔާގެ އެންމެ މަޝްހޫރު ޢިލްމުވެރިޔާ އުސާމާ ބިން ލާދިންއަށް ތަޢްރީފްކުރައްވައިފި




އިންޑޮނޭޝިޔާގެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިވަޑައިގެންފައިވާ ދީނީ ޢިލްމުވެރިއެއްކަމުގައިވާ އަބޫ ބަކްރު ބަޝީރު، ޝައިޚް އުސާމާ ބިން ލާދިންއާ މެދު ތަޢްރީފުގެ ބަސްތަކެއް ވިދާޅުވެއްޖެއެވެ. މިއަދު ޝައިޚް ބަޝީރު ވިދާޅުވެފައިވާ ގޮތުގައި ޝައިޚް އުސާމާ އަކީ މުޖާހިދެއްކަމަށާއި، އެބޭފުޅާ އިސްލާމްދީނަށްޓަކާ ކުރެއްވި މަތިވެރި ޚިދުމަތްތަކާއި ޤުރުބާނީތަކުގެ ސަބަބުން ސުވަރުގެ ލިބިގެންދިޔުމަށް މަގުފަހިވާނެކަމަށެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ، އިންޑޮނޭޝިޔާގެ އެންމެ ހުޅަނގުގައި އޮންނަ އަޗޭ ސަރަޙައްދުގައި ޓެރަރިސްޓުން ތަމްރީނުކުރާ ކޭމްޕެއް ހިންގުމުގެ ތުހުމަތުގައި ޝައިޚް ބަޝީރުގެ މައްޗަށް ތުހުމަތުކުރެވި ޢުމުރަށް ޖަލަށްލުމަށް ޙުކުމްކުރުމަށް ގެނެވިފައިވަނިކޮށެވެ.
ޢުމުރުފުޅުން 72 އަހަރުގެ އަބޫބަކުރު ބަޝީރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި "އެބޭފުޅާ (އެބަހީ، އުސާމާ) މަރާލެވި، އޭނާގެ މޫނު ހަލާކުކުރެވި، އަދި ކަނޑުފައްތާލެވުނު ޚަބަރަކީ ތެދެއްނަމަ، އެބޭފުޅާއަށް މާތް ﷲގެ ޙަޟްރަތުން މަތިވެރި ޤަދަރަކާއި މަތިވެރި ޢަޖުރެއް ލިބޭހުއްޓެވެ."

ޝެއިޚްއާއި ބިންލާދިންއާ އެއްވެސް ގުޅުމެއް އޮތްތޯ ނޫސްވެރިން އެހިކަމަށާއި އެކަމަށް ބޮލުގެ އިޝާރާތުން ނޫންކަމަށް ދެއްކެވުމަށްފަހު، މަޑުމަޑުން "ނޫނެކޭ" ވިދާޅުވެފައިވާކަމަށް އިންޑޮނޭޝިޔާގެ ނޫހެއްކަމަށްވާ ދަ ޖަކާރޓާ ޕޯސްޓުން މައުލޫމާތުދެއެވެ.

ޝެއިޚްގެ މައްޗަށް މި ތުހުމަތު ޘާބިތުކޮށްފައިވާ އިރު، މީގެ ކުރިން 2 ފަހަރަކު ވެސް ވަނީ ޝެއިޚްގެ މައްޗަށް މިފަދަ ތުހުމަތު ތަކެއް ކުރެވި ޘާބިތުނުވެފައެވެ. މިފަދަ ކޮންމެ ތުހުމަތަކަށްވެސް ޝެއިޚް ވަނީ އިންކާރުކުރައްވާފައެވެ. މިފަހަރު ޝެއިޚްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޓެރަރިސްޓް ކޭމްޕް ހެދުމާއި، އެއަށް ފައިސާގެ ގޮތުން އެހީވުމާއި، އެމީހުން ތަމްރީނުކުރުމުގެ ކުށެވެ. ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ޝެއިޚްގެ މަޤްޞަދަކީ އިންޑޮނޭޝިޔާގެ (މުސްލިމް) ރައީސް ސުސިލޯ ބަންގބަން ޔުދޮޔޯނޯ މަރާލުމެވެ.

ޝައިޚް ތަކުރާރުކޮށް ވިދާޅުވެފައިވަނީި، އެކަމުގައި ޝެއިޚްގެ ބައިވެރިވުމެއް ނުވާނެކަމަށާއި، ނަމަވެސް އެކަމުގެ މަޤްޞަދު ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ބާރލީގައި ގޮއްވާލި ބޮމުގެ ހާދިޘާއަށް ޢިޝާރާތްކުރައްވާ ކުރިން ޝެއިޚް ވިދާޅުވެފައިވަނީ އެމަކުގެ އަޑީގައިވަނީ ސީއައިޑީ ކަމަށެވެ.
ހުޅަނގުގެ ބާރުތައް ޖެހިިލުންވާ މިފަދަ އިސްލާމީ ޝަޚްޞިއްޔަތުންގެ ބާރު ކަނޑުވާލުމަށް، ވިކިފައިވާ ސަރުކާރުތަކުން ދަނީ ތަފާތު "ތުހުމަތުތަކެއް" ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގެ އަޑިގައިވަނީ ސީއައިޑީ އާއި މޮސާޑުކަމަށް ގިނަ މުސްލިމުންވެސް "ތުހުމަތު" ކުރަމުންދެއެވެ.

ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމުކަމަށްވާ އިންޑޮނޭޝިޔާއަކީ ސެކިޔުލާރ ވެރިކަމެއްކުރާ ޤައުމެކެވެ.
ޝައިޚް ބަޝީރަކީ، ސުހާރޓޯގެ ސެކިޔުލާ ވެރިކަމުގެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކުގެ ސަބަބުން  އަމިއްލައަށް މެލޭޝިޔާއަށް އަރުވާލެވިގެން 17 އަހަރު ހުންނެވި ބޭކަލެކެވެ. އަދި އެއީ އިންޑޮނޭޝިޔާގެ އެންމެ ވަރުގަދަ ދީނީ ޖަމާޢަތްކަމުގައިވާ ޖަމާޢާ އިސްލާމިޔާގެ ބާނީވެސް މެއެވެ. އިންޑޮނޭޝިޔާގެ ގިނަ ބަޔަކު ޝެއިޚަށް ނިޞްބަތްކުރަމުންދަނީ "އުސްތާޛް އަބޫ" ގެ ލަޤަބުންނެވެ.

އިންޑޮނޭޝިޔާގެ ޙާލަތާމެދު ވާއިސްލަމާ ބްލޮގްގައިވާ ލިޔުން: http://www.waislama.info/jihad-never-dies-in-indonesia.html