Pages

Thursday, February 23, 2012

ސީރިއާގެ ޙިމްޞް: މުސްލިމުން މަރަށް ތެޅެން ދޫކޮށްލެވިފައި!

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ލަޝްކަރުތަކުން ސުންނީ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޤަތުލުޢާއްމުތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ސީރިޔާގެ އަޣްލަބިއްޔަތު ކަމުގައިވާ ސުންނީ މުސްލިމުން ދިރިއުޅޭ އަވަށްތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ހަމަލާތައް އެ ސަހަރަކަށް އަމާޒުކޮށްފައިވާ އެއް ސަހަރަކީ ސުންނީ މުސްލިމުން ގިނަ ޙިމްޞްއެވެ.
ބައްޝާރުގެ ލަޝްކަރުތަކުން ޙިމްޞްއަށް އެރުމަށްޓަކާ ޙިމްޞްގެ ރަށްބޭރުގައިވާ އަވަށްތަކަށް ގެއްލުންދެމުން ދާތީ އެއަވަށްތަކުގެ މުސްލިމުންނަށް ވަނީ ޙިމްޞްގެ ތެރެއަށް ވަނުމަށް މަޖުބޫރުވެފައެވެ. އެނޫން އިތުރު އެއްވެސް ދިމާއަކުން ސަލާމަތްކަން ހޯދުމަށް ދިއުމުގެ މަގުތައްވަނީ ބަންދުކުރެވިފައެވެ. އެކަމުގެ ސަބަބުން ހިސޯރުކުރެވިފައިވާ ޙިމްޞްގެ ގެތަކާއި އެޕާރޓްމެންޓްތަކުގައި މީހުން ގިނަވެ ފުނިޖެހިފައިވެ އެވެ. އެއްގޭގައި ޢާއްމުކޮށް 4 ޢާއިލާ ނުވަތަ 5 ޢާއިލާ ދިރިނޫޅޭ ގެއެއް ޙިމްޞްގައި މިހާރު މަދުވާނޭކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން މައުލޫމާތު ދެއެވެ.
“އަހަރެމެން ނިދާ ހަދަނީ ވަގުތު ބަހައިގެން. އެއްބަޔަކު ހެނދުނު. އަނެއް ބަޔަކު ރޭގަނޑު. އެއީ އަހަރެމެންނަށް އެހާ ޖާގައެއް ނެތް.” 25 މީހުން ދިރިއުޅޭ 2 ކޮޓަރި ހުންނަ ގެއެއްގެ ވެރިމީހާ އަބޫބަކުރު ބުނެއެވެ.
ބައްޝާރުގެ ޢަލަވީ ކާފިރު ލަޝްކަރުތަކުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޒަޙަމްވާ ފަރާތްތަކަށް އެއްވެސް ފަރުވާއެއް ކުރުމުގެ ފުރުޞަތު ނެތި ޢާއިލާތައް ފުނިޖެހިފައިވާ ގެތަކުގައި ބަލަހައްޓައިގެން ތިބެން ޖެހޭއިރު، ކާނާއަށްވެސް ވަނީ ތަދުކަން ކުރިމަތިވެފަ އެވެ. ސޫރިޔާގެ ޙިމްޞްގެ މުސްލިމުން މިހާރު ބަނޑު ފުރާނަ މުއްތިކުރަމުންދަނީ ރައްކާކޮށްފައިވާ ވާރޭ ފެނުން އެކަނި ކަމަށް އެތާނގެ މުސްލިމުން ހާމަކުރަމުންދެ އެވެ.
ފެން ރައްކާކުރާ ތާނގީތަކަށާއި އެފަދަ އަސާސީ ބޭނުންތައް ފުއްދައިދޭ ތަންތަނަށް ބައްޝާރުގެ ސިފައިން ގެއްލުންދީ ހަލާކުކުރަމުން ދާތީ މުސްލިމުންގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ނިކަމެތިވަމުންނެވެ. އަދި  ބަނޑުހައިހޫނުކަމުގެ ބިރު ސީރިޔާއަށް ކުރިމަތިވެފައިމިވަނީ ބައްޝާރުގެ އަނިޔާވެރި ޢަމަލުތައް ހިންގުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފުރުޞަތު ދީގެން ތިބޭތީކަމަށްވެސް ނިކަމެތިވެފައިވާ ސީރިޔާގެ މުސްލިމުން ބުނަމުންދެއެވެ.
ޙިމްޞްގެ ރަށެއް ކަމުގައިވާ ބާބާ ޢަމްރޫ ގައި އަޅާފައިވާ ވަގުތީ ހަސްފަތާލްތަކަށް ބައްޝާރުގެ ލަޝްކަރުތަކުން ހަމަލާދީ ހަލާކުކޮށްލާފައިވާއިރު މަދުވެގެން 2 ޑޮކްޓަރަކާއި 2 ނަރުހުން މަރާލާފައިވެއެވެ. މިހާރު އެ ރަށުގައި ޖުމްލަ ތިބީ 2 ނުވަތަ 3 ޑޮކްޓަރުންކަމަށް ބާބާ ޢަމްރޫގައި ޙަރަކާތްތެރިވާ މުސްލިމް އެކްޓިވިސްޓުން ހާމަކުރެއެވެ.
މިހާރު ޒަޚަމްވެފައިވާ ފަރާތްތަކަށް ފަރުވާ ދެމުންދަނީ ޢާއްމުން ދިރިއުޅޭ ގެތަކުގައެވެ.
“ޒަޚަމްވެފައިވާ މީހުން މަރުވާތަން ބަލަން އަހަރެމެން މިތިބެނީ. އަހަރެމެންނަށް ހަމައެކަނި ކުރެވޭ ކަމަކީ ޒަޚަމްތަކުގައި ފޮތިކޮޅެއް އަޅާލާފަ އެމީހުން މަރުވާތަން ބަލަން ތިބުން.” ނަން ހާމަކުރަން ނޭދޭ ރައްޔިތަކު ނޫހަކަށް މައުލޫމާތު ދެމުން ބުނެއެވެ.
“އަހަރެމެންގެ ވަރަށް ގިނަ މީހުން މަރުވެއްޖެ. ކޮންމެ ދުވަހަކު އަހަރެމެންގެ ލޯމަތީގައި ޢާއިލާ މީހުންނާއި ރަޙްމަތްތެރިން މަރުވެގެން އެދަނީ. އަހަރެމެންނަށް ކުރެވޭނެ މާބޮޑުކަމެއް ނެތް.” އޭނާ ބުންޏެވެ.
ފޯނު ލައިންތަކާއި އިންޓަނެޓް ކަނޑާލާފައިވާއިރު، ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޙިމްޞްގެ ދަނޑުވެރިން ދަނޑަށް ދިއުމުގެ މަގުތައްވެސް ވަނީ އަސަދުގެ ލަޝްކަރުތަކުން ބަންދުކޮށްފައެވެ.
“ބޮންއަޅައިގެން މީހުން މަރުނުވާނެނަމަ، ބަނޑަށް ޖެހިގެން މީހުންތައް ވަރަށް އަވަހަށް މަރުވެގެން ހިނގައިދާނެ.” ޙިމްޞްއިން ނޫސްވެރިންނަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވެއެވެ.
“މުޅި ދުނިޔެ އަހަރެމެން ދޫކޮށްލައިފި. އަހަރެމެން މިތިބީ އެކަނިވެފަ. އަހަރެމެން މީ ތިބޭ ބަޔަކަށް ނުވޭ. އަހަރެމެންނަށް ވާނެގޮތަކާމެދު އެއްވެސް ބަޔަކު އަޅައެއްނުލާ.” އަސަދުގެ އަނިޔާވެރިކަން ކޮންމެ ދުވަހަކު ދެކެންޖެހިފައިވާ ސީރިއާގެ ޙިމްޞްގެ އަހުލުވެރިޔަކު ނޫހަކަށް ބުނެފައިވެއެވެ.

Wednesday, February 22, 2012

ސީރިޔާގެ ޙިމްޞް: މުސްލިމުން މަރަށް ތެޅެން ދޫކޮށްލެވިފައި

ޝާމް ނިއުސް ނެޓްވޯރކުން ބުރާސްފަތިދުވަހު ޢާއްމުކުރި ވީޑިޔޯއެއްގައި ޙިމްޞްގެ މިސްކިތެއް ދައްކައިދެނީ


ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ލަޝްކަރުތަކުން ސުންނީ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޤަތުލުޢާއްމުތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ސީރިޔާގެ އަޣްލަބިއްޔަތު ކަމުގައިވާ ސުންނީ މުސްލިމުން ދިރިއުޅޭ އަވަށްތަކަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ހަމަލާތައް އެ ސަހަރަކަށް އަމާޒުކޮށްފައިވާ އެއް ސަހަރަކީ ސުންނީ މުސްލިމުން ގިނަ ޙިމްޞް އެވެ.

ބައްޝާރުގެ ލަޝްކަރުތަކުން ޙިމްޞްއަށް އެރުމަށްޓަކާ ޙިމްޞްގެ ރަށްބޭރުގައިވާ އަވަށްތަކަށް ގެއްލުންދެމުން ދާތީ އެއަވަށްތަކުގެ މުސްލިމުންނަށް ވަނީ ޙިމްޞްގެ ތެރެއަށް ވަނުމަށް މަޖުބޫރުވެފަ އެވެ. އެނޫން އިތުރު އެއްވެސް ދިމާއަކުން ސަލާމަތްކަން ހޯދުމަށް ދިއުމުގެ މަގުތައްވަނީ ބަންދުކުރެވިފަ އެވެ. އެކަމުގެ ސަބަބުން ހިސޯރުކުރެވިފައިވާ ޙިމްޞްގެ ގެތަކާއި އެޕާރޓްމެންޓްތަކުގައި މީހުން ގިނަވެ ފުނިޖެހިފައިވެ އެވެ. އެއްގޭގައި ޢާއްމުކޮށް 4 ޢާއިލާ ނުވަތަ 5 ޢާއިލާ ދިރިނޫޅޭ ގެއެއް ޙިމްޞްގައި މިހާރު މަދުވާނޭކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން މައުލޫމާތު ދެއެވެ.

"އަހަރެމެން ނިދާ ހަދަނީ ވަގުތު ބަހައިގެން. އެއްބަޔަކު ހެނދުނު. އަނެއް ބަޔަކު ރޭގަނޑު. އެއީ އަހަރެމެންނަށް އެހާ ޖާގައެއް ނެތް." 25 މީހުން ދިރިއުޅޭ 2 ކޮޓަރި ހުންނަ ގެއެއްގެ ވެރިމީހާ އަބޫބަކުރު ބުނެއެވެ.

ބައްޝާރުގެ ޢަލަވީ ކާފިރު ލަޝްކަރުތަކުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޒަޙަމްވާ ފަރާތްތަކަށް އެއްވެސް ފަރުވާއެއް ކުރުމުގެ ފުރުޞަތު ނެތި ޢާއިލާތައް ފުނިޖެހިފައިވާ ގެތަކުގައި ބަލަހައްޓައިގެން ތިބެން ޖެހޭއިރު، ކާނާއަށްވެސް ވަނީ ތަދުކަން ކުރިމަތިވެފަ އެވެ. ސޫރިޔާގެ ޙިމްޞްގެ މުސްލިމުން މިހާރު ބަނޑު ފުރާނަ މުއްތިކުރަމުންދަނީ ރައްކާކޮށްފައިވާ ވާރޭ ފެނުން އެކަނި ކަމަށް އެތާނގެ މުސްލިމުން ހާމަކުރަމުންދެ އެވެ. އަދި ފެން ރައްކާކުރާ ތާނގީތަކަށާއި އެފަދަ އަސާސީ ބޭނުންތައް ފުއްދައިދޭ ތަންތަނަށް ބައްޝާރުގެ ސިފައިން ގެއްލުންދީ ހަލާކުކުރަމުން ދާތީ މުސްލިމުންގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ނިކަމެތިވަމުންނެވެ. އަދި  ބަނޑުހައިހޫނުކަމުގެ ބިރު ސީރިޔާއަށް ކުރިމަތިވެފައިމިވަނީ ބައްޝާރުގެ އަނިޔާވެރި ޢަމަލުތައް ހިންގުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފުރުޞަތު ދީގެން ތިބޭތީކަމަށްވެސް ނިކަމެތިވެފައިވާ ސީރިޔާގެ މުސްލިމުން ބުނަމުންދެ އެވެ.

ޙިމްޞްގެ ރަށެއް ކަމުގައިވާ ބާބާ ޢަމްރޫ ގައި އަޅާފައިވާ ވަގުތީ ހަސްފަތާލްތަކަށް ބައްޝާރުގެ ލަޝްކަރުތަކުން ހަމަލާދީ ހަލާކުކޮށްލާފައިވާއިރު މަދުވެގެން 2 ޑޮކްޓަރަކާއި 2 ނަރުހުން މަރާލާފައިވެ އެވެ. މިހާރު އެ ރަށުގައި ޖުމްލަ ތިބީ 2 ނުވަތަ 3 ޑޮކްޓަރުންކަމަށް ބާބާ ޢަމްރޫގައި ޙަރަކާތްތެރިވާ މުސްލިމް އެކްޓިވިސްޓުން ހާމަކުރެ އެވެ.

މިހާރު ޒަޚަމްވެފައިވާ ފަރާތްތަކަށް ފަރުވާ ދެމުންދަނީ ޢާއްމުން ދިރިއުޅޭ ގެތަކުގަ އެވެ.
"ޒަޚަމްވެފައިވާ މީހުން މަރުވާތަން ބަލަން އަހަރެމެން މިތިބެނީ. އަހަރެމެންނަށް ހަމައެކަނި ކުރެވޭ ކަމަކީ ޒަޚަމްތަކުގައި ފޮތިކޮޅެއް އަޅާލާފަ އެމީހުން މަރުވާތަން ބަލަން ތިބުން." ނަން ހާމަކުރަން ނޭދޭ ރައްޔިތަކު ނޫހަކަށް މައުލޫމާތު ދެމުން ބުނެއެވެ.

"އަހަރެމެންގެ ވަރަށް ގިނަ މީހުން މަރުވެއްޖެ. ކޮންމެ ދުވަހަކު އަހަރެމެންގެ ލޯމަތީގައި ޢާއިލާ މީހުންނާއި ރަޙްމަތްތެރިން މަރުވެގެން އެދަނީ. އަހަރެމެންނަށް ކުރެވޭނެ މާބޮޑުކަމެއް ނެތް." އޭނާ އިތުރަށް ބުންޏެވެ.

ފޯނު ލައިންތަކާއި އިންޓަނެޓް ކަނޑާލާފައިވާއިރު، ދަނޑުވެރިކަމަށް ބަރޯސާވެފައިވާ ޙިމްޞްގެ ދަނޑުވެރިން ދަނޑަށް ދިއުމުގެ މަގުތައްވެސް ވަނީ އަސަދުގެ ލަޝްކަރުތަކުން ބަންދުކޮށްފައެވެ.

"ބޮންއަޅައިގެން މީހުން މަރުނުވާނެނަމަ، ބަނޑަށް ޖެހިގެން މީހުންތައް ވަރަށް އަވަހަށް މަރުވެގެން ހިނގައިދާނެ." ޙިމްޞްއިން ނޫސްވެރިންނަށް މައުލޫމާތުދިން ފަރާތަކުން ބުނެފައިވެ އެވެ.

"މުޅި ދުނިޔެ އަހަރެމެން ދޫކޮށްލައިފި. އަހަރެމެން މިތިބީ އެކަނިވެފަ. އަހަރެމެން މީ ތިބޭ ބަޔަކަށް ނުވޭ. އަހަރެމެންނަށް ވާނެގޮތަކާމެދު އެއްވެސް ބަޔަކު އަޅައެއްނުލާ." އަސަދުގެ އަނިޔާވެރިކަން ކޮންމެ ދުވަހަކު ދެކެންޖެހިފައިވާ ސީރިޔާގެ ޙިމްޞްގެ އަހުލުވެރިޔަކު ނޫހަކަށް ބުނެފައިވެ އެވެ.

ދަތުން ހިފަހައްޓައިގެން 23 ބެންޗް ބެލެންސްކޮށް ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި

ހުޅަނގު ދެކުނު ޗައިނާގެ ޑާޒޫ ޑިސްޓްރިކްޓްގައި ލި އޭނާގެ ހުނަރު ޢާއްމުންނަށް ދައްކާލަނީ / ފޮޓޯ: އޭޕީ

ޗައިނާގެ ރައްޔިތެއް ކަމަށްވާ ލި ހޮންގްޒިއާއޯ އަކީ ކުޑައިރުއްސުރެ އަނގައިން ތަފާތު ތަކެތި ބެލެންސްކުރަމުން އަންނަ ފަރާތެކެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަމެއް ގެނެސްދިން ކަމަކަށް ވެގެން ދިޔައީ، ދުނިޔޭގެ ރެކޯޑެއް މުގުރާލުމަށްފަހު 23 ބެންޗް އަނގައިން ހިފަހައްޓައި ބެލެންސްކޮށްގެން 11 ސުކުންތު ހުރުމަށް ލި ހޮންގްޒިއާއޯ ދައްކައިދިން ބިރުކުޑަ ޙަރަކާތްތަކުގެ ސަބަބުންނެވެ.

ކޮންމެ ބެންޗެއްގައި 3 ކިލޯ ހުންނަ މި ބެންޗްތަކަކީ 45 ސެންޓިމީޓަރު އުސް އަދި އެއްމީޓަރު ދިގު ބެންޗްތަކެކެވެ. އެހެންކަމުން، ބަރުދަނުގައި 75 ކިލޯ ހުންނަ ލި ހޮންގްޒިއާއޯ މިވަނީ 69 ކިލޯގެ ބުރަދަން އޭނާގެ ދަތްތަކުގެ މައްޗަށް ބެލެންސްކޮށްފަ އެވެ. މީގެ ކުރިން ޤާއިމްކޮށްފައިވާ ރެކޯރޑްގައި އެފަދައިން ބެލެންސްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ 14 ބެންޗެވެ.

ލި ހޮންގްޒިއާއޯ މި ފަދަ ކާމިޔާބީ އާ ހަމައަށް ދަތުރުކޮށްފައި މިވަނީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތާއި ތަޖުރިބާއަށް ފަހު އެވެ. ފަޤީރު އާއިލާއަކަށް ނިސްބަތްވާ ލި ހޮންގްޒިއާއޯ ގެ ޢުމުރުން 8 އަހަރުގައި ވަނީ ޢާއިލާއަށް ފައިސާ ހޯދުމަށްޓަކާ އޭނާގެ ތަފާތު ހުނަރުތައް ދައްކައިގެން އާމްދަނީ ހޯދަން ފަށާފަ އެވެ.

މިހާރު ޢުމުރުން 30 އަހަރުގެ އޭނާ 2000 ވަނަ އަހަރު ދަތްމައްޗަށް ތަފާތު ތަކެތި ބެލެންސްކުރުމުގެ ހުނަރު ލިބިގަތުމަށް މަސައްކަތްފެށި އެވެ. އެގޮތުން ތަފާތު އެތައް ފަހަރަކު ވަނީ އެކަމުގެ ސަބަބުން އެކިވަރުގެ ގެއްލުންތަކާވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފުރަތަމަ ފަހަރަށް 12 ބެންޗް އަނގަމައްޗަށް ބެލެންސްކުރަން ކުރި މަސައްކަތް ފެއިލްވުމުން ލި ހޮންގްޒިއާއޯގެ ފުރާނަ ސަލާމްތަކުރެވިފައިވަނީ އުނަގަނޑަށް ލިބުނު 18 ގެއްލުމަކަށްފަހު އެވެ.

އެހެންކަމުން ކާމިޔާބަކީ ބުރަ މަސައްކަތާއި ގެއްލުމަށް ފަހު ލިބޭނެ އެއްޗެއްކަން ލި ހޮންގްޒިއާއޯގެ މި ކާމިޔާބީއިން ފާހަގަވެގެންދެ އެވެ. (ޑޯންޓް ޓްރައި ދިސް އެޓް ހޯމް)

Tuesday, February 14, 2012

ޢުރުދުންގެ އިޚްވާނުލް މުސްލިމޫން، ބައްޝާރާ ދެކޮޅަށް ޖިހާދު އިއުލާން ކޮށްފި

ޢުރުދުންގެ ނުފޫފު ގަދަ ޖަމާޢަތެއްކަމުގައިވާ އިޚްވާނުލް މުސްލިމޫންގެ ފަރާތުން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ޖިހާދު އިޢުލާންކޮށް ސީރިޔާގެ ޢަލަވީ ވެރިކަމާދެކޮޅަށް މިހާރު ޖިހާދުކުރަމުންދާ ފްރީ ސީރިއަން އާރމީއަށް މަދަދުކުރުމަށް ނިންމައިފިއެވެ. މިޖަމާޢަތުން މިހެން ނިންމާފައިމިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މިޖަމާޢަތުގެ ފަތުވާ ކޮމިޓިގެ މެމްބަރެއްކަމުގައިވާ ޝެއިޚް މުޙައްމަދު އަބޫ ފާރިސް ވިދާޅުވެފައިވަނީ "އަސަދާ ދެކޮޅަށް ޖިހާދުކުރުމަކީ މުސްލިމުންގެ މައްޗަށްވާ ވާޖިބެއް" ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ ސީރިޔާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ނަފްސުތައް ދިފާޢުކުރުމުގެ ޙައްޤު ލިބިގެންވާކަމަށާއި އެމީހުން އެކަމުގައި މަޑު ޖެހިގެން ނުވާނެކަމަށެވެ.

ސީރިޔާގައި ބައްޝާރުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަކުރާ ފްރީ ސީރިއަން އާރމީ އަކީ ސީރިޔާގެ ރަސްމީ ފަރާތުގެ ގޮތުގައި ބަލައިގަތުމަށް މި ޖަމާޢަތުގެ ފަރާތުން ޢުރުދުންގެ ސަރުކާރުގެ ކިބައިން ވަނީ އެދިފައެވެ. އަދި މިމަހު ކުރީކޮޅު އދ އިން ސީރިޔާއާ ދެކޮޅަށް ފާސްކުރަން އުޅުނު ޤަރާރު ވީޓޯކުރި ދެޤައުމުކަމަށްވާ ރަޝިޔާއާއި ޗައިނާއަށް ވަނީ އެމީހުންގެ ނިންމުން ބަދަލުކުރުން އެދި ސިޓީވެސް ފޮނުވާފަ އެވެ.
                
މިދިޔަ އަހަރުގެ މާރޗް މަހުން ފަށައިގެން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ ޖިހާދުގައި 5000 އަށްވުރެ ގިނަ މީހުން މަރާލާފައިވާކަމަށް ބައެއް ތަފާސް ހިސާބުތަކުން ދައްކައެވެ. މުސްލިމް އެތައް ޢިލްމުވެރިންނެއްވަނީ ބައްޝާރާ ދެކޮޅަށް ޖިހާދުކުރަން ގޮވާލައްވާފަ އެވެ. އޭގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ޢިލްމުވެރިން ކަމުގައިވާ ޑރ. ޔޫސުފުލް ޤަރްޟާވީ އާއި ޑރ. ސަލްމާނުލް ޢައުދާ އަދި ޑރ. މުޙައްމަދު އަލްޢަރީފީ ހިމެނިވަޑައިގަނެއެވެ.

ބައްޝާރުގެ ލަޝްކަރުތަކުގެ ހަމަލާތައް އަނެއްކާވެސް ސުންނީ މުސްލިމް އާބާދީތަކަށް

ޢަރަބި ލީގުން ސީރިޔާގެ މިނިވަން ލަޝްކަރަށް އެހީވާން އެއްބަސްވެފައިވަނިކޮށް، ސުންނީ މުސްލިމުންގެ އާބާދީ ބޮޑު ހިސާބުތަކަށް  ބައްޝާރުގެ ލަޝްކަރުތަކުން އަނެއްކާވެސް ހަމަލާތައް ދޭން ފަށައިފިއެވެ. ބައްޝާރުގެ ލަޝްކަރުތަކުން ޚަމްޞް ފަދަ މުސްލިމް އާބާދީތަކަށް ދެމުންގެންދާ ހަމަލާތައް އަނެއްކާ ފަށާފައި މިވަނީ އެއްދުވަހަށް ހަމަލާތައް މަޑުޖައްސާލުމަށްފަހުގައެވެ. މި ޙަމަލާތައް އަލުން ފަށާފައި މިވަނީ، ބައްޝާރުގެ ލަޝްކަރުތަކުން ދެމުންގެންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ބައްޝާރާ ދެކޮޅަށް ނުކުންނަން ޢަރަބި ލީގުން މިދިޔަ އާދީއްތަ ދުވަހު މިޞްރުގެ ޤާހިރާގައި ބޭއްވި އެލީގުގެ ބައްދަލުވުމެއްގައި ފާސްކޮށްފައިވަނީކޮށެވެ.

ޢަރަބި ލީގުންވަނީ އ.ދގެ ސެކިޔުރިޓީ ކައުންސިލްގެ ސުލްޙަ ބަލަހައްޓާ ފައުޖުތަކުންވެސް ސީރިޔާއަށް އެހީތެރިވެދިނުމަށް ގޮވާލާފައެވެ. ނަމަވެސް އދ ގެ އެފަދަ ނިންމުންތަކަށް ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކުރާނެތީ އަދި ވަނީ އެފަދަ ނިންމުމެއް ވަނީ ނުނިންމިފައެވެ. މި ފެބްރުއަރީ މަހު 4 ވަނަ ދުވަހުވެސް ސީރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އ.ދ އިން ފާސްކުރަން އުޅުނު ޤަރާރު ފާސްނުވެފައިވަނީ މިދެޤައުމުން ވީޓޯ ކުރުމުންނެވެ.

ސީރިޔާގެ މުސްލިމުން ގިނަ ސަރަޙައްދުތަކުން މުވާސަލާތީ ގުޅުން ކަނޑާލާފައިވާތީ، ޢަރަބި ލީގުންވަނީ ސިރިޔާގައި ބައްޝާރުގެ ލަޝްކަރާ ދެކޮޅަށް މަސައްކަތްކުރާ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ މިނިވަން ސިރިޔާ ލަޝްކަރާ އެކު މުވާސަލާތީ ގުޅުން ދެމެހެއްޓުމަށްވެސް ނިންމާފައެވެ.
              
ސީރިޔާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ބައްޝާރުލް އަސަދަކީ ޢަލަވީ އެކެވެ. އެއީ ކާފަރުންކަމަށް މުސްލިމް ޢިލްމުވެރިން ވިދާޅުވެއެވެ. މިހާރުވެސް 5000 އަށްވުރެ ގިނަ މުސްލިމުން މަރާލާފައިވާ ބައްޝާރުގެ ލަޝްކަރުތަކުން ބުނަމުންދަނީ ބައްޝާރު ފަތަޙަ ހޯދާނީ މާތް ރަސްކަލާނގެ ބަލިކޮށްލުމަށް ފަހުގައިކަމަށެވެ. (ނަޢޫޛު ބިއްﷲ!)

Sunday, February 12, 2012

"އަލިފް ލާމް މީމް": ރާއްޖެ ޝެއިޚުންނަށް މި 3 އަކުރުގެ މާނަ ނޭނގޭ!!

ރައްޓެހި ކުދިންތަކެއް ވާހަކަ ދައްކަމުން ދިޔަ ދަނޑިވަޅެކެވެ. ކުއްލިއަކަށް މައުޟޫ ބަދަލުވެގެން ދިޔައީ “ދީނީ” ދިމާލަކަށެވެ. މި “ތުނބުޅިލީ މީހުން” އުޅޭ ޢަޖައިބުކުރުވަނިވި ގޮތުގެ މައްޗަށެވެ. އުޅޭ “ބީރައްޓެހި” ދިރިއުޅުމަށެވެ. އަޅުގަނޑު ކަންފަތްދީގެން ދުލުގައި ހިފަހައްޓައިގެން އިނީމެވެ.
އިރުކޮޅަކުން، ދިވެހިރާއްޖޭގެ “ދަންނަބޭކަލުން”ގެ ވާހަކަތަކާ ދިމާއަށް މައުޟޫ އެނބުރުނެވެ. އެންމެ ފަހުން ވާހަކަ ނިންމާލީ، “މިމީހުންނަށް ކޯއްޗެއް އެނގޭނީ..؟؟ އަދިވެސް ޤުރުއާން ތަރުޖަމާގައި އެއިންނަ އަލިފް ލާމް މީމް ގެ މާނަ ތިމަންމެނަށް ނޭނގޭ. ﷲ އޭ ދެނެވޮޑިގެންވާނީ. ޕާކިސްތާނާ މިޞްރަށް ގޮސްގެން ކިޔެވީ ކޯއްޗެއްބާއޭ ހިތަށްއަރާ؟”
އެދުވަހުގެ ވާހަކަތައް އަޑުއަހަން އިނުމުން އަޅުގަނޑަށްވެސް ވަރަށް މުހިއްމު ފިލާވަޅެއް ދަސްވެގެން ދިޔައެވެ. “ދަންނަބޭކަލުން” ނުދަނެއޭ އެކުދިން ބުނިއިރު، އަޅުގަނޑު އިނީ އެކުދިންނަށް ނޭނގޭ ވަރާމެދު ޙައިރާންވެފައެވެ. އެވަރުކަމެއްގެ ތަންދޮރުނުފިލާ ކުދިން އަދިވެސް އުޅެނީތާއޭ ހިތަށް އަރާ އަންތަރީސްވެފައެވެ. އަޅުގަނޑަށް ލިބުން އެއް ފިލާވަޅަކީ، ދީނަށް ޢަމަލުނުކުރާ ގިނަ މީހުން އެހެން އެ އުޅެނީ ހަމަ ނޭނގޭތީއެވެ. އެފަދަ ކުދިންނަށްވެސް ޙިކުމަތްތެރިކަމާއެކު ދީން ފޯރުކޮށްދެވިއްޖެނަމަ، ﷲ އެބަޔަކަށް ހިދާޔަތް ދައްކެވުމަކީ ދުރުކަމެއް ނޫނެވެ. “ދީނީ” ވާހަކަ އެކުދިންނާއެކު ޝެއަރ ކުރަން ޖެހިލުންނުވާންވީއެވެ. ދަރުސްތަކަށް ދިއުމަށް ދަޢުވަތު ދޭންވީއެވެ. އިޚްލާޞްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، ނަތީޖާ ބަދަލުވެގެން ދާނެގޮތް ޤަބޫލުކުރެވޭނީ ހަމަ އެފަދަ ކަމެއް ވީމައެވެ.
ކޮބާ! އެހެންވީމާ، ދެން އެންމެ އަވަހަށް އޮންނަ ދަރުސަކަށް ދާން ރައްޓެއްސަކަށް ގުޅާލަން މިއީ އެންމެ ރަގަޅު ދަނޑިވަޅު ނޫންބާ؟
• [މިފަދަ ވަކި އަކުރުތައް (حروف مقطعات)އާއި ބެހޭގޮތުން އިބްން ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢަލީގެފާނާއި އަދި ޢިބްން މަސްޢޫދު މިއެންމެ ބޭކަލުން ވިދާޅުވިއެވެ. “ބައެއް ސޫރަތް ފެށޭ ތަންތާނގައި ހުންނަ ވަކިވަކި އަކުރުތަކަކީ، ﷲއަށް އެކަނި އެކަލާނގެ ޚާއްޞަކުރައްވާފައިވާ ޢިލްމުގެ ތެރެއިން ވާ ކަމެކެވެ.”

ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!