Pages

Thursday, July 28, 2011

ސައުތު އެފްރިކާގެ ޒުވާން ކްރިކެޓް ކުޅުންތެރިޔާ ވޭން ޕާރނެލް އިސްލާމް ވެއްޖެ




ކްރިކެޓްގެ މައިދާނުގައި ދުނިޔެއަށް މަޝްހޫރު ސައުތު އެފްރިކާގެ ޤައުމީ ޓީމްގެ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ވޭން ޕާރނެލް (Wayne Parnell) އިސްލާމްވެފައިވާކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ. ކުރިން ކްރިސްޓިއަން ދީނުގައި ހުރި ވޭން އިސްލާމްވުމަށް ފަހު ނަމަކަށް އިޚްތިޔާރުކޮށްފައިވަނީ "ވަލީދު" ކަމަށްވެސް ސައުތުއެފްރިކާގެ ނޫސްތަކުން ބުނަމުންދެއެވެ.
ސައުތު އެފްރިކާގެ ޤައުމީ ކްރިކެޓް ޓީމްގެ ކޯޗް ޑރ މުޙައްމަދު މޫސާޖީ ވިދާޅުވެފައިވާ ގޮތުގައި މީގެ މަސްތަކެއް ކުރިއްސުރެން ވެސް ވޭން ޕާރނެލް އިސްލާމްވުމަށް ނިންމާފައިވެ އެވެ.

ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ވޭން އިސްލާމްވުމުގައި ސައުތު އެފްރިކާގެ ޤައުމީ ޓީމްގައި ކުޅެމުން އަންނަ މުސްލިމް 2 ކުޅުންތެރިންކަމުގައިވާ ޙާޝިމް އަމްލާ އާއި ޢިމްރާން ޠާހިރުގެ ފިއްތުންތަކެއް ވެއެވެ. ނަމަވެސް ޑރ މުޙައްމަދު މޫސާޖީ ވަނީ މި ވާހަކަތަކަކީ ތެދެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ވަލީދު (ވޭން) ޕާރނެލް އާ އެކު ޤައުމީ ޓީމްގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް އިއްޔެ (ބުދަ ދުވަހު) ބުނެފައިވަނީ ޕާރނެލް ދީން ބަދަލުކުރުމާމެދު ވަރަށް ބޮޑަށް ސީރިއަސް ވެފައިވާ ކަމަށާއި އިންޑިއަން ޕްރިމިއަރ ލީގަށް ފަހު އޭނާ ރާ ބުއިން ވެސް ހުއްޓަލާފައިވާ ކަމަށެވެ.

ޕާރނެލް އަކީ މިހާތަނަށް ސައުތު އެފްރިކާގެ ޤައުމީ ޓީމަށް ކުޅުމަށްޓަކައި ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ޕާރނެލް އަށް 22 އަހަރުވާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އަދި އޭނާ އިސްލާމްވުމަށްފަހު ކުރިމަތިލާނެ ފުރަތަމަ ރަމަޟާން މަސްވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރިމަތިވާނެއެވެ.
ޕާރނެލް އިސްލާމްވުމުން އޭނާ ވެގެންދާނީ މިވަޤުތު ސައުތު އެފްރިކާގެ ޤައުމީ ކްރިކެޓް ޓީމްގައި ހިމެނޭ 3 ވަނަ މުސްލިމް ކުޅުންތެރިޔާއަށެވެ. މީގެ ތެރެއިން ޙާޝިމް އަމްލާއަކީ މުސްލިމް ކުޅިވަރު ކުޅުންތެރިން ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަންވީ ފަރާތެކެވެ. އޭނާއަކީ ޤައުމީ ޓީމަށް ކުޅޭ ޖާރޒީގައި ޖުވާ ކުޅޭ ތަނެއްގެ އިސްތިހާރު އިނދެގެން އެއީ ޙަރާމްކަމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އިޙްތިޖާޖްކުރި ކުޅުންތެރިއެކެވެ. އެންމެ ފަހުން އޭނާއަށް ވަނީ، ވަކިން ސްޕޮންސަރ ގެ ނިޝާން ނެތް 'ޙަލާލް' ޖާރޒީއެއް ހަދާދީފައެވެ. މީގެ އިތުރުން ޙާޝިމަކީ ބޮޑު ތުނބުޅިއެއް ބަހައްޓާފައި ހުންނާތީ އޭނާގެ މުސްލިމް ވަންތަކަން ދަނޑުމަތީގައިވެސް ފާޅުކުރަމުންދާ ކުޅުންތެރިއެކެވެ. އެތައް ބައެއްގެ ފާޑުކިޔުންތައް ތަޙައްމަލުކޮށް، ރަގަޅު އަޚްލާޤެއް އިޚްތިޔާރުކުރުމުގެ ސަބަބުން އޭނާގެ އިދިކޮޅު ނޫސްތަކުގެވެސް ލޯބި މިހާރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ޕާރނެލް އިސްލާމްވުމުގައި ޙާޝިމް އަމްލާއާއި ޢިމްރާންގެ މިފަދަ ރިވެތި ސިފަތަކުން އަސަރުކޮށްފައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. (ޙާޝިމް ޢަމްލާއާ ބެހޭ މަޢުލޫމާތުކޮޅެއް ވަރަށް އަވަހަށް ދިއިސްލާމަށް އަންނާނެއެވެ. އިންޝާ ﷲ!)
ކްރިކެޓްގެ މައިދާނުގައި މީގެ ކުރިންވެސް އެހެން ނަޞާރާ ކުޅުންތެރިޔަކުވެސް ވަނީ އިސްލާމް ވެފައެވެ. އެއީ  އެންމެ ގިނަ ޓެސްޓް ރަން ހަދާ 2006 ވަނަ އަހަރު ދުނިޔޭގެ ރެކޯރޑް ހޯދާފައިވާ ޕާކިސްތާނުގެ ބެޓްސްމަން ޔޫސުފް ޔޫޙަންނާ ނުވަތަ ފަހުން މުޙައްމަދު ޔޫސުފް އެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ މައިދާނުގައި ދުނިޔޭގެ މަތީ ވަނަތަކުގައި ވިދާލާފައިވާ އެތައް ތަރިންނެއް ވަނީ މީގެ ކުރިންވެސް އިސްލާމްވެފަ އެވެ.  އެގޮތުން: އެމެރިކާގެ މަޝްހޫރު ބޮކްސަރުންކަމަށްވާ މުޙައްމަދު ޢަލީ އާއި މައިކް ޓައިސަން، ބްރެޒިލްގެ ފުޓްބޯޅަކުޅުންތެރިންކަމަށްވާ މާރސިއޯ ސުއޯޒާ ޑި ސިލްވާ އާއި މުޙައްމަދު ޑަނީލޯ ފާރނަންޑޯ، ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިންކަމަށްވާ އެރިކް އެބިދަލް، ފްރޭންކް ރިބެރީ، ނިކޮލަސް އަނެލްކާ، ނެދަރލެންޑްގެ ފުޓްބޯޅަކުޅުންތެރިޔާ ރޮބިން ވަން ޕާރސޭ ފަދަ ކުޅުންތެރިންގެ ނަންތައް އިންޓަރނެޓްގައި މިކަންކަން ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

ދުޢާއަކީ، އަލަށް އިސްލާމްވަމުންދާ އެންމެނާއި މުސްލިމުންގެ ގޮތުގައި ތިބިހައި ބައެއް މި ޙައްޤު ދީނުގައި ޘާބިތުކުރެއްވުމެވެ.

ސައުތު އެފްރިކާގެ ޒުވާން ކްރިކެޓް ކުޅުންތެރިޔާ ވޭން ޕާރނެލް އިސްލާމް ވެއްޖެ

ކްރިކެޓްގެ މައިދާނުގައި ދުނިޔެއަށް މަޝްހޫރު ސައުތު އެފްރިކާގެ ޤައުމީ ޓީމްގެ ޒުވާން ކުޅުންތެރިއެއް ކަމަށްވާ ވޭން ޕާރނެލް (Wayne Parnell) އިސްލާމްވެފައިވާކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ.
ކުރިން ކްރިސްޓިއަން ދީނުގައި ހުރި ވޭން އިސްލާމްވުމަށް ފަހު ނަމަކަށް އިޚްތިޔާރުކޮށްފައިވަނީ “ވަލީދު” ކަމަށްވެސް ސައުތުއެފްރިކާގެ ނޫސްތަކުން ބުނަމުންދެއެވެ.ސައުތު އެފްރިކާގެ ޤައުމީ ކްރިކެޓް ޓީމްގެ ކޯޗް ޑރ މުޙައްމަދު މޫސާޖީ ވިދާޅުވެފައިވާ ގޮތުގައި މީގެ މަސްތަކެއް ކުރިއްސުރެން ވެސް ވޭން ޕާރނެލް އިސްލާމްވުމަށް ނިންމާފައިވެ އެވެ.
ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ވޭން އިސްލާމްވުމުގައި ސައުތު އެފްރިކާގެ ޤައުމީ ޓީމްގައި ކުޅެމުން އަންނަ މުސްލިމް 2 ކުޅުންތެރިންކަމުގައިވާ ޙާޝިމް އަމްލާ އާއި ޢިމްރާން ޠާހިރުގެ ފިއްތުންތަކެއް ވެއެވެ. ނަމަވެސް ޑރ މުޙައްމަދު މޫސާޖީ ވަނީ މި ވާހަކަތަކަކީ ތެދެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
ވަލީދު (ވޭން) ޕާރނެލް އާ އެކު ޤައުމީ ޓީމްގައި ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް އިއްޔެ (ބުދަ ދުވަހު) ބުނެފައިވަނީ ޕާރނެލް ދީން ބަދަލުކުރުމާމެދު ވަރަށް ބޮޑަށް ސީރިއަސް ވެފައިވާ ކަމަށާއި އިންޑިއަން ޕްރިމިއަރ ލީގަށް ފަހު އޭނާ ރާ ބުއިން ވެސް ހުއްޓަލާފައިވާ ކަމަށެވެ.
ޕާރނެލް އަކީ މިހާތަނަށް ސައުތު އެފްރިކާގެ ޤައުމީ ޓީމަށް ކުޅުމަށްޓަކައި ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ޕާރނެލް އަށް 22 އަހަރުވާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އަދި އޭނާ އިސްލާމްވުމަށްފަހު ކުރިމަތިލާނެ ފުރަތަމަ ރަމަޟާން މަސްވެސް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރިމަތިވާނެއެވެ.

ޕާރނެލް އިސްލާމްވުމުން އޭނާ ވެގެންދާނީ މިވަޤުތު ސައުތު އެފްރިކާގެ ޤައުމީ ކްރިކެޓް ޓީމްގައި ހިމެނޭ 3 ވަނަ މުސްލިމް ކުޅުންތެރިޔާއަށެވެ. މީގެ ތެރެއިން ޙާޝިމް އަމްލާއަކީ މުސްލިމް ކުޅިވަރު ކުޅުންތެރިން ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަންވީ ފަރާތެކެވެ. އޭނާއަކީ ޤައުމީ ޓީމަށް ކުޅޭ ޖާރޒީގައި ޖުވާ ކުޅޭ ތަނެއްގެ އިސްތިހާރު އިނދެގެން އެއީ ޙަރާމްކަމެއްކަމަށް ބުނެ އެކަމާ ދެކޮޅަށް އިޙްތިޖާޖްކުރި ކުޅުންތެރިއެކެވެ. އެންމެ ފަހުން އޭނާއަށް ވަނީ، ވަކިން ސްޕޮންސަރ ގެ ނިޝާން ނެތް ‘ޙަލާލް’ ޖާރޒީއެއް ހަދާދީފައެވެ. މީގެ އިތުރުން ޙާޝިމަކީ ބޮޑު ތުނބުޅިއެއް ބަހައްޓާފައި ހުންނާތީ އޭނާގެ މުސްލިމް ވަންތަކަން ދަނޑުމަތީގައިވެސް ފާޅުކުރަމުންދާ ކުޅުންތެރިއެކެވެ. އެތައް ބައެއްގެ ފާޑުކިޔުންތައް ތަޙައްމަލުކޮށް، ރަގަޅު އަޚްލާޤެއް އިޚްތިޔާރުކުރުމުގެ ސަބަބުން އޭނާގެ އިދިކޮޅު ނޫސްތަކުގެވެސް ލޯބި މިހާރު ހޯދާފައިވާ ކުޅުންތެރިއެކެވެ. ޕާރނެލް އިސްލާމްވުމުގައި ޙާޝިމް އަމްލާއާއި ޢިމްރާންގެ މިފަދަ ރިވެތި ސިފަތަކުން އަސަރުކޮށްފައިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. (ޙާޝިމް ޢަމްލާއާ ބެހޭ މަޢުލޫމާތުކޮޅެއް ވަރަށް އަވަހަށް ދިއިސްލާމަށް އަންނާނެއެވެ. އިންޝާ ﷲ!)
ކްރިކެޓްގެ މައިދާނުގައި މީގެ ކުރިންވެސް އެހެން ނަޞާރާ ކުޅުންތެރިޔަކުވެސް ވަނީ އިސްލާމް ވެފައެވެ. އެއީ  އެންމެ ގިނަ ޓެސްޓް ރަން ހަދާ 2006 ވަނަ އަހަރު ދުނިޔޭގެ ރެކޯރޑް ހޯދާފައިވާ ޕާކިސްތާނުގެ ބެޓްސްމަން ޔޫސުފް ޔޫޙަންނާ ނުވަތަ ފަހުން މުޙައްމަދު ޔޫސުފް އެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ މައިދާނުގައި ދުނިޔޭގެ މަތީ ވަނަތަކުގައި ވިދާލާފައިވާ އެތައް ތަރިންނެއް ވަނީ މީގެ ކުރިންވެސް އިސްލާމްވެފަ އެވެ.  އެގޮތުން: އެމެރިކާގެ މަޝްހޫރު ބޮކްސަރުންކަމަށްވާ މުޙައްމަދު ޢަލީ އާއި މައިކް ޓައިސަން، ބްރެޒިލްގެ ފުޓްބޯޅަކުޅުންތެރިންކަމަށްވާ މާރސިއޯ ސުއޯޒާ ޑި ސިލްވާ އާއި މުޙައްމަދު ޑަނީލޯ ފާރނަންޑޯ، ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިންކަމަށްވާ އެރިކް އެބިދަލް، ފްރޭންކް ރިބެރީ، ނިކޮލަސް އަނެލްކާ، ނެދަރލެންޑްގެ ފުޓްބޯޅަކުޅުންތެރިޔާ ރޮބިން ވަން ޕާރސޭ ފަދަ ކުޅުންތެރިންގެ ނަންތައް އިންޓަރނެޓްގައި މިކަންކަން ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.
ދުޢާއަކީ، އަލަށް އިސްލާމްވަމުންދާ އެންމެނާއި މުސްލިމުންގެ ގޮތުގައި ތިބިހައި ބައެއް މި ޙައްޤު ދީނުގައި ޘާބިތުކުރެއްވުމެވެ.

Wednesday, July 13, 2011

ސަޢޫދީގައި ލަންކާ އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި އެމެރިކާގެ މީހަކު ހައްޔަރު ކޮށްފި.


ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރާ ސްރީލަންކާގެ އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ކަމަށްވާ އެމެރިކާގެ ރައްޔިތަކު ހައްޔަރު ކޮށްފިއެވެ. މެދުއިރުމަތީގެ ޚަބަރުފަތުރާ މުޢައްސަސާއެއްކަމުގައިވާ ޢަރަބް ނިއުސް އިން ހާމަކުރާ ގޮތުގައި އެއަންހެން މީހާވަނީ މީގެ 3 މަސްކުރިން ވީނުވީ ތަނެއް ނޭނގި ގެއްލިފައެވެ. އެއަންހެނާ ގެއްލުނުކަމުގެ ރިޕޯރޓް ފުލުހުންނަށް ކޮށްފައިވަނީ އޭނާ މަސައްކަތްކުރަމުން ދިޔަ ކުންފުނިންނެވެ.

އެ އަންހެން މީހާ ގެއްލުނުތާ 3 މަސްފަހުން މީގެ ދުވަސްކޮޅެއް ކުރިން ސަޢޫދީގެ ވެރިރަށް ރިޔާޟުގެ އިރުން 70 ކިލޯމީޓަރު ދުރުގައި އޮންނަ އަލްޚަރްޖް ސަރަޙައްދުގައި މަސައްކަތްކުރަމުން ދިޔަ ބަޔަކަށްވަނީ ބޮޑު ދަގަނޑު ފޮއްޓެއް ފެނިފައެވެ. މީގެ ތެރޭގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވެއެވެ. މިކަން ފުލުހުންނަށް ރިޕޯރޓް ކުރުމުން ފޮރެންސިކް އާލާތްތަކާއެކު ފުލުހުންވަނީ އެތަނަށް ޙާޟިރުވެ ތަޙްޤީޤެއް ހިންގާފައެވެ. މި ފޮށީގައި އޮތްކަމަށް ބެލެވެނީ އެ ގެއްލުނު އަންހެން މީހާގެ ހަށިގަނޑެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއަންހެން މީހާ މަރާލީ އޭނާގެ ފިރިމީހާ ކަމުގައިވާ އެމެރިކާ މީހާއެވެ. މި އެމެރިކާ މީހާ ިހާރުވަނީ ހައްޔަރުކުރެވި ބަންދުކުރެވިފައެވެ. ރިޔާޟް ފުލުހުންގެ ރަސްމީ ސްޕޯކްސް ޕާރސަން ކާނަލް ނާޞިރު އަލްޤަޙްޠާނީ ވިދާޅުވާ ގޮތުގައި މިމައްސަލަ މިހާރުވަނީ ޖެނެރަލް ޕްރޮސެކިއުޝަން އެންޑ އިންވެސްޓިގޭޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

މި ޚަބަރާމެދު ކޮމެންޓް ކޮށްފައިވާ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެމެރިކާގެ މި މީހާގެ މައްޗަށް ކުށް ޘާބިތުވެއްޖެނަމަ، އޭނާއަށް ޙައްޤު އަދަބު ދެވެންޖެހޭނެއެވެ. އަދި އެމެރިކާއިން އޭނާ ދޫކޮށްލުމަށް ކުރާނެ ޕްރެޝަރ ތަކަށް ބަލައިގެން ނުވާނެއެވެ.

މި ޚަބަރު ފެތުރިގެން މިދަނީ ތައިލެންޑްގައި މިދިޔަ މޭމަހު ބުދުދީނުގެ ބަޔަކާ ދެކޮޅަށް ސުންނީ މުސްލިމުން އަނިޔާވެރިކަމުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް އަޑު ފަތުރަމުންދާ ދުވަސްކޮޅެއްގައެވެ. ބައެއް ނޫސް އިދާރާތަކުގެ ބަސްމަގަށް ބަލާއިރު އަނިޔާވެރި ޢަމަލަކަށް ވަނީ ހަމައެކަނި މުސްލިމުން ކުރާ ޢަމަލުތައްކަމަށް ސިފަކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަވެއެވެ.

Thursday, July 07, 2011

ބައިޤަރުނު ތެރޭ އެފްރިކާއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި ހައިހޫނުކަމުގައި 12 މިލިޔަން މީހުން ހާލުގައި ޖެހިފައި


އެފްރިކާގެ އިރުމަތީ ބިތުގައިވާ ޤައުމުތަކަށް ދިމާވެފައިވާ ހައިހޫނުކަމުގައި 12 މިލިޔަނަށް ވުރެ ގިނަ މީހުން މިވަގުތު  ހާލުގައި ޖެހިފައި އެބަ ތިއްބެވެ. ސޯމާލިޔާ ކެންޔާ އަދި އިތިއޯޕިއާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއްކަމަށްވާ އިސްލާމިކް ރިލީފްއިންވަނީ އެމީހުންނަށް އިތުރު ފައިސާބޭނުންވާކަމަށް އަންގާފައެވެ.

މިހާރުވެސް ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެ ޖަމިއްޔާއިން ވަނީ އެހީތެރިކަމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާކަން ހާމަކޮށްފައެވެ. އިސްލާމިކް ރިލީފް އިން މިވަޤުތު އެހީތެރިކަން ފޯރުކޮށްދެވެމުންދަނީ ހަމައެކަނި 5 އަހަރުން ދަށުގެ ކުދަކުދިންނަށާއި މާބަޑު އަންހެނުންނަށާއި ކިރުމައިންނަށެވެ.



މިއީ ފާއިތުވެ ދިޔަ 60 އަހަރުގެ ތެރޭގައި އެފްރިކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހައިހޫނުކަންކަމަށް މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. ކެންޔާގައި ހުންނަ ދަބާބު ރެފިޔުޖީ ކޭމްޕަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު ރެފިޔުޖީ ކޭމްޕެވެ. އެތާނގައި އެކަނިވެސް 3ލައްކަ 80 ހާހަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައި އެބަ ތިއްބެވެ. ނަމަވެސް އެއީ އެންމެ 90 ހާސް މީހުންގެ ޖާގައިގެ ތަނެކެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން އިނގިރޭސި ވިލާތުގެ އެހެން ޖަމިއްޔާއެއްކަމަށްވާ އޮކްސްފާމް އިންވަނީ 80 މިލިޔަން ޑޮލަރު ހޯދުމުގެ ކެމްޕޭނެއް ފަށާފައެވެ. މިއީ އެފްރިކާއަށް މީގެ ކުރިން އަދި މިހާތަނަށް ދީފައިނުވާވަރުގެ އެހީތެރިކަމެއްކަމަށް ނޫސްއިދާރާތަކުން މައުލޫމާތުދެއެވެ.

މި އާދަޔާ ޚިލާފު އިންސާނީ ޙާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކެއް އެކުވެގެން ވަނީ ކޮމިޓީއެއްވެސް އުފައްދާފައެވެ.

އ.ދ އިން އިންޒާރުދެމުންދާ ގޮތުގައި، އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ނުދެވިއްޖެނަމަ މިކަން "ވިސްނުމަށްވެސް ނުގެނެވޭނެފަދަ ބޮޑު އިންސާނީ މުޞީބާތަކަށް" ވުން ގާތެވެ.

މިއީ ވާރޭވެހުން މަދުވެ ހަނަފަސްކަން އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޤުދުރަތީ ހައިހޫނުކަމެއްކަމަށް މައްސަލަ ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރައްވައެވެ.

ސޯމާލިޔާގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް ކޮންޓްރޯލްކުރާ އައްޝަބާބް ޖަމާޢަތުގެ މުޖާހިދުންވަނީ ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކަށް އެހީތެރިކަމުގެ މަސައްކަތްކުރުމުގެ ހުއްދަދީފައެވެ.

ސޯމާލިޔާގެ ވެރިރަށް މޮޤާދިޝޫގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އައްޝަބާބުގެ ސްޕޯކްސްޕާރސަން ޢަލީ މަޙްމޫދު ރާޖިޙް ވިދާޅުވެފައިވަނީ "ހައިހޫނުކަމުގެ އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިވާން އެދޭނަމަ މުސްލިމަކަސް މުސްލިމެއް ނޫނަސް މިހާރުންފެށިގެން އާދެވޭނެކަން އެފަދަ ކޮންމެ ބައެއްގެ ފަރާތުން އަހަރެމެން އެދެމެވެ."

އައްޝަބާބުންވެސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސް ކޮމިޓީއެއް އުފައްދާފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަތަކުން އެކޮމިޝަނުގެ ވެރިޔާ ޝައިޚް ޙުސައިން ޝައިޚް ޢަލީ ފިދޯއަށް ގުޅުމަށް އެޖަމާޢަތުން އެދެއެވެ.

މިކަމުގައި މުސްލިމް ޤައުމުތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުޙިއްމުކަމެކެވެ. އިތިޔޯޕިއާއަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހިޖުރައިގެ އަމާން މަންޒިލްކަމަށްވާ ހަބްޝްކަރައެވެ. މިހާރުވެސް އިތިޔޯޕިއާގެ މުސްލިމުންގެ އާބާދީ އެޤައުމުގެ 3 ބައިކުޅަ 1 ބަޔަށް ވުރެ ގިނައެވެ. ސޯމާލިޔާއަކީ މުސްލިމުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ސުންނީ މުސްލިމް ޤައުމެކެވެ. ސޯމާލިޔާއަށް އިސްލާމްދީން ގޮސްވަދެފައިވަނީ ޚުދު ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމް)ގެ ޒަމާނުގައިކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ކެންޔާގެ އާބާދީގެ 10 އިންސައްތައަށްވުރެ ބޮޑު ބަޔަކީ މުސްލިމުންނެވެ.

މިހާރު މިވަނީ އެޤައުމުތަކަށް އެހީތެރިކަން ބޭނުންވެފައެވެ. ޖަޕާނު ފަދައިން އެހީތެރިކަން ބޭނުމެއް ނޫނޭ ބުނި ބަޔަކަށް މަސްދަޅުދަޅުން ވެދުންކުރެވުނުއިރު، ބަނޑުހައިހޫނުކަމުގައި އާދޭސްކުރަމުންދާ މި 12 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުވޭނެ ގޮތެއް ހޯދުމަކީ މާ ޢައުލާކަންބޮޑު ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ.

ތިބޭފުޅުންގެ ދުޢާގައި ހާލުގައި ޖެހިފައި މިވާ މީހުންގެ މަތިން ހަނދާންނައްތާނުލާށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އަނިޔާވެރިކަން ތަޙައްމަލުކުރަމުންދާ އެންމެހާ މުސްލިމުންގެ މަތިންވެސް ހަނދާންނައްތާ ނުލާށެވެ.

ނައިޖީރިޔާގައި މިހަފްތާ ބޭއްވި އިސްލާމީ ފޮތް މައުރަޒު

  1984ގައި ބިނާކޮށްފައިވާ ނައިޖީރިޔާގެ ޤައުމީ މިސްކިތް
ނައިޖީރިޔާގެ ވެރިރަށް އަބޫޖާ ގައި އިސްލާމީ ބުކްފެއަރއެއް މިހަފްތާގެ ތެރޭގައި ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 4 ވަނަ ދުވަހު ހުޅުވި މި ބުކްފެއަރވަނީ ދެ ދުވަހުގެ މުއްދަތަށް ދެމިގެން ގޮސްފައެވެ. ނައިޖީރިޔާގެ ރައްޔިތުންގެ މެދުގައި ފޮތްކިޔުމުގެ އާދަހަރުލެއްވުމުގެ ގޮތުން ބޭއްވި މި މަޢުރަޒު އިންތިޒާމް ކޮށްފައިވަނީ މުސްލިމް ޖަމިއްޔާއެއްކަމަށްވާ ދި މަނާރެޓް އިންޓަރނޭޝަނަލެވެ.
މި އިސްލާމީ ފޮތްމަޢުރަޒުގައި ބައިވެރިވެ ވަޑައިގެންނެވި ދީނީ ޢިލްމުވެރިއެއްކަމުގައިވާ މަލަމް ޢަބްދުލްފައްތާޙް އަދެއިމީ މަޢުރަޒު ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ވަނީ މުސްލިމުންނަށް ލިބިފައިވާ ޢިލްމުގެ ބޭނުންކޮށްގެން މުޖްތަމަޢުއާއި ފަރުދުން އިސްލާޙްވެ ކުރިއަރައިދިއުމަށް ނަޞޭޙަތްތެރިވެލައްވާފައެވެ.
މިފަހަރުގެ ފޮތްމަޢުރަޒުގެ ޝިޔާރަކަށް ހަދާފައިވަނީ "ލިވިންގ އިސްލާމް: ރީޑް އޭސް ދި ފަސްޓް ސްޓެޕް" (އިސްލާމް ދީނަށް އުޅުން: ކިޔުން ފުރަތަމަ ފިޔަވަޅަކަށް) މިއެވެ. މި ޝިޔާރާ ބެހޭގޮތުން ވާހަކަދައްކަވަމުން މަލަމް ޢަބްދުލް ފައްތާޙް ވިދާޅުވެފައިވަނީ ޞައްޙަ ޢިލްމު ހޯދާނެ އެއްމަގަކީ މަޝްހޫރު އިތުބާރުކުރެވޭ ޢިލްމުވެރިން ލިޔުއްވާފއިވާ ފޮތްތައް ކިޔުންކަމަށެވެ. އަދި ދަރިންގައި މިފަދަ އާދަތައް ހަރުލެއްވުމަށް ނަމޫނާ ދައްކައިގެން ބާރުއެޅުމަށް މަލްމް ޢަބްދުލްފައްތާޙްވަނީ މައިންބަފައިންނަށްވެސް ގޮވާލައްވާފައިވެއެވެ.
މިއިވެންޓްގެ ޗެއަރމަން މަލަމް ކާޝިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައިވެސް މައިންބަފައިން ދަރިންނަށް ފޮތްކިޔުމުގެ އާދަ ހަރުލެއްވުމުގައި އިޙްމާލުނުވުމަށް ގޮވާލައްވާފައިވެއެވެ. އަދި އިސްލާމްދީނާ އިދިކޮޅު ލިޔުންތަކުންނާއި ގޮތްތަކުން ދަރިން ފަސާދަވިޔަ ނުދިނުމަށް ސަމާލުވުމަށްވެސް ކާޝިމްގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަފުޅުދެއްކެވި ނޫރުލްބަޔާން އިންޓަރނޭޝަނަލް އެކަޑެމީގެ ޑިރެކްޓަރ ހާޖިޔާ މަރްޔަމް ތައްހާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އުނގެނުން އެންމެ މުޙިއްމު ޢިލްމަކީ ކީރިތި ޤުރުއާނާއި މާތް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ޙަދީޘް ކަމަށެވެ. ހާޖިޔާގެ ވާހަކަފުޅުގައި ވަނީ ދަރިންނާއެކު ވަގުތު ހޭދަކުރުމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.
މި ފޮތް މަޢުރަޒުގައި 2000އަށްވުރެ ގިނަ ފޮތް ނެރެފައިވެއެވެ. އޭގެ ތެރޭގައި ޤުރުއާން ތަފްސީރާއި، ޙަދީޘްފޮތްތަކާއި، ފިޤްޙީ ފޮތްތަކާއި، ސީރަތު ފޮތްތަކާއި، އިކޮނޮމިކްސް އަދި އިޖްތިމާޢީ ސިޔާސީ ފޮތްތަކުގެ  އިތުރަށް ކުޑަކުދިންގެ ފޮތްތައްވެސް ހިމެނެއެވެ.
އަލްމަނާރެޓްއިން މީގެ ކުރިންވެސް މިފަދަ ފޮތްތެރިކަމުގެ ޙަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން މީގެ 10 އަހަރު ކުރިއްސުރެ ކުރަމުން އައި މަސައްކަތްތަކުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުގައި ޗާޕްކުރެވިފައިވާ 85000 އަށްވުރެ ގިނަ އިސްލާމީ ފޮތް ވަނީ ހެޔޮ އަގުގައި ނައިޖީރިޔާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދީފައެވެ.
ނައިޖީރިޔާގެ އާބާދީގެ 50.4 އިންސައްތަ އަކީ މުސްލިމުންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ސުންނީ މުސްލިމުންނެވެ.