Pages

Tuesday, March 29, 2011

ޢަރަބި ޤައުމުތަކުގެ މުސްލިމުންނަށްޓަކާ އިންޑޮނޭޝިޔާގެ މުސްލިމުން "ﷲ އަކްބަރު"


"ﷲ އަކްބަރް، ﷲ އަކްބަރް، ﷲ އަކްބަރް" މިނަޢްރާއިން މުޅިތަން ގުގުމާލާފައިވާކަމަށް އޭޕީ ނޫސްއިދާރާއިން މައުލޫމާތުދެއެވެ.

މިދިޔަ އާދީއްތަ ދުވަހު އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި މުޒާހަރާކުރަމުން ދިޔަ 10000 އަށްވުރެ ގިނަ މުސްލިމުން އެމީހުންގެ ޝުޢޫރު ފާޅުކުރަމުންދިޔައީ ޢަރަބި ޤައުމުތަކުގައި ތިބި އެމީހުންގެ އަޚުންނާއި އުޚުތުންގެ ދިފާޢުގައެވެ. އިސްލާމީ ވެރިކަމެއް ނުވަތަ ޚިލާފަތެއް ޤާއިމްކުރުމުގެ އުއްމީދުގައި ޢަރަބި ޤައުމުތަކުގެ ސިޔާސީ މަޞްރަޙަށް އަންނަ ބަދަލުތަކަށް ތާއީދުކުރާކަން ހާމަކުރުމަށްޓަކައެވެ.

ލީބިޔާގެ ލީޑަރު މަޤާމް ދޫކޮށްލުމަށް ގޮވާލާފައި ވާއިރު، ހުޅަނގުގެ ބާރުތައް ލީބިޔާ ދޫކޮށްލުމަށްވެސް ވަނީ މި ޞުލްޙަވެރި އެއްވުމުގެ ބައިވެރިން ގޮވާލާފައެވެ.
ބައެއް ނޫސް އިދާރާތަކުން ހާމަކުރާ ގޮތުގައި އިންޑޮނޭޝިޔާގައި އާދީއްތަ ދުވަހު ކުރެވުނީ "ޕްރޯ ޑިމޮކްރަސީ" މުޒާހަރާއެކެވެ. ނަމަވެސް ޙަޤީޤަތުގައި މި މުޒާހަރާ އިންތިޒާމްކުރި ފަރާތްކަމަށްވާ ޖަސްޓިސް އެންޑް ޕްރޮސްޕެރިޓީ ޕާރޓީ (ކުރުކޮށް ޕީ ކޭ އެސް) އަކީ މީގެ ކުރިން އެފަދަ ނޫސް އިދާރާތަކުން ސިފަކޮށްފައިވާ ގޮތުގައި "ހައްދުފަހަނަ އަޅާފައިވާ" "އިސްލާމިސްޓް" "ރެޑިކަލް" "ޖިހާދީ" ޕާރޓީއެކެވެ. ޑިމޮކްރަސީގެ ތެރޭގައި ތިބެ ޑިމޮކްރަސީއާއި ދެކޮޅަށް މަސައްކަތް ކުރާ ބައެކެވެ. އެފަދަ ބަޔަކު މިހާރު ކުރާ މުޒާހަރާ އެއީ "ޑިމޮކުރަސީއަށްޓަކާ" ކުރާ މުޒާހަރާއަކަށް ވެގެން އެދަނީ ޢަރަބި ޤައުމުތަކުގެ މުސްލިމުން "ނަމޫނާ ޑިމޮކްރަސީ" އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުތަކާ ދެކޮޅަށް އުފުލާ އަޑުތައް "ޑިމޮކުރަސީއަށް" ވާހެންނެވެ.

މުޒާހަރާގައި ވާހަކަ ދައްކަވަމުން ޕީ ކޭ އެސްގެ ލީޑަރ ޙިދާޔަތު ނޫރު ވާޙިދު ވަނީ ލީބިޔާގެ ލީޑަރު މުޢައްމަރު ޣައްޛާފީގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނަމުމަށް ގޮވާލައްވާފައެވެ. އަދި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ޢަރަބި ޤައުމުތައް މިނިވަން ކުރުމުގެ ނަމުގައި ޢާއްމުން މަރަމުންދާތީ އެކަމަށްވެސް ފާޑުކިޔުައްވާ ނުރުހުން ފާޅުކުރައްފައިވެސް ވެއެވެ.

އެއްވުމުގެ ބައިވެރިން ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައްވެސް ކުަށްވެރިކޮށްފައެވެ.  އަދި އިންޑޮނޭޝިޔާގެ ސަރުކާރަށް ވަނީ ރަޝިޔާއާއި ޗައިނާއާއި ތުރުކީއާއި އިންޑިޔާ ފަދައިން  ލީބިޔާއަށް އަރައިގެން އުޅޭ ގުޅިފައިވާ ހުޅަނގުގެ ބާރުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.

އިންޑޮނޭޝިޔާއަކީ އިސްލާމީ ބަދަލުތައް ގެނައުމުގައި މިޒަމާނުގެ ނަމޫނާ ޤައުމެކެވެ. 1988ގައި އިންޑޮނޭޝިޔާގެ ރައްޔިތުން ވަނީ އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުން ގޮސްފައިވާ ޖެނެރަލް ސުކާޓޯގެ ދިގު ޚުދުމުޚުތާރު ވެރިކަން ރައްޔިތުން ގެނައި އިންޤިލާބެއްގައި ވައްޓާލާފައެވެ.


Wednesday, March 16, 2011

ޢުރުދުންގައި ކުރިއަށްދާ މުޒާހަރާތައް – މެދުއިރުމަތީގައި އެމެރިކާ ނިކަމެތިވަނީ



ޢުރުދުންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ 90 އެއްހާ މުސްލިމުން ދޫކޮށްލުމަށް ގޮވާލާ ޢުރުދުންގެ ރައްޔިތުން އަނެއްކާވެސް މުޒާހަރާއެއް ކޮށްފިއެވެ. މިއީ އެއްމަސްދުވަސް ތެރޭގައި ޢުރުދުންގައި ބޭއްވި 3 ވަނަ މުޒާހަޜާއެވެ. މިފަހަރުގެ މުޒާހަރާ ބާއްވާފައިވަނީ ޢައްމާނުގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައެވެ.
2009 ވަނަ އަހަރުން ފަށައިގެން ޢުރުދުންނުން އަފްޣާނިސްތާނުގައި އެމެރިކާއަށް ވާގިވެރިވަމުންދާކަމީ ގިނަ ބައެއްގެ ނުރުހުން ޢުރުދުންގެ ސަރުކާރަށް އަމާޒުވެފައިވާ ކަމެކެވެ. އަސީރުން މިނިވަންކުރުމަށް ގޮވާލާ މީހުންގެ ތެރޭގައި 2009 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާގެ 9 މީހަކު މަރާލި ޙައްމާމަށް ސަޕޯޓްކުރާ އެތައް ބަޔަކު ހިމެނެއެވެ.

"ރައްޔިތުން އެދެނީ އަސީރުން މިނިވަން ކުރުމަށް. އަހަރެމެންގެ މަގަކީ ޖިހާދުކުރުން" އެއްވެ ތިބި މީސްތަކުން މިފަދައިން ގޮވަމުންދާ ކަމަށް ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުން ބަޔާންކުރެއެވެ.

ހަމަ މިފަދައިން ޢުރުދުންގެ ޤާނޫނު ހަދާ މަޖްލިސްދޮށުގައި އިޚްވާނުލް މުސްލިމީންގެ ޢުރުދުން ގޮފިންވަނީ މުޒާހަރާކޮށް މަޖްލިސް އުވާލުމަށް ގޮވާލާފައެވެ. އެމެރިކާގެ ވާގި ލިބިގެންތިބެ ސަރުކާރުން ނިމިދިޔަ ނޮވެމްބަރު މަހު ކުރިއަށް ދިޔަ މަޖްލިސް އިންތިޚާބު އިންތިޒާމުކުރުމުގައި މަކަރު ހަދާ އޮޅުވާލާފައިވާތީ އެ ޖަމާޢަތުގެ ޕާޓި (އިސްލާމިކް އެކްޝަން ފްރޮންޓް)އިން ވަނީ އިންތިޚާބުވެސް ބޮއިކޮޓް ކޮށްލާފައެވެ.
ޢުރުދުންނަކީ އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުން އެމެރިޚާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ޢަރަބި ޤައުމެކެވެ. މެދުއިރުމަތީގައި އެމެރިކާ ވާގި ވެރިވާ ގިނަ ގޮނޑިކޮއްކޮ ސަރުކާރުތަކެއް ބަލިވެ ރައްޔިތުންގެ ބާރުގެ ދަށަށްދާކަމީ އެމެރިކާގެ ނުފޫޒުން ސަލާމަތްވެފައިވާ އިސްލާމީ އެކުވެރި ދައުލަތެއް އުފެއްދުމަށް ކޮށެވެމުންދާ ސީދާސާދާ މަގެއްކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވެއެވެ.

Sunday, March 06, 2011

މިއަދު ސައުދީގައި އިސްލާމްވި ޗައިނާ މީހ


( 6 މާރޗް، 2011 އާދިއްތަ)  : މިއަދު ސައުދީ އަރަބިއްޔާ ގެ ދުވަހު ނޫހެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ޗައިނާ ދަރިކޮޅުގެ މީހަކު އިސްލާމްވެއްޖެއެވެ. މީނާ އިސްލާމްވެފައިވަނީ ސައުދީގެ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރާ ޕޮލިހުން ނުވަތަ (هيئة الأمر بالمعروف والنهي عن المنكر) ނާއި ވާހަކަދައްކާލުމަށް ފަހުއެވެ.

މިކޮމިޝަންގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ހާމަކުރައްވާފައިވާ ގޮތުގައި ނަމާދު ވަގުތު މައްކާގެ ޙަރަމްފުޅުބޭރުގައި މީނާ އިށީިނދެގެން އިންތަަން ޕޮލިހުންނަށް ފެނިފައިވެއެވެ. އަދި މިކަމާ އޭނާއާއި ސުވާލުކުރުމުން އިސްލާމް ދީނާމެދު ޝައުޤުވެރިވާކަން އޭނާ ހާމަކުރިކަމަށާއި، ފަހުން އޭނާއާއި އެކު ކާރުގައި ދުއްވާލަން ނުކުމެ އިނގިރޭސިބަހުން ދެކެވުނު ވާހަކަތަކަށް ފަހު  އޭނާ ވަގުތުން އިސްލާމްވެ ނަމަކަށް މުޙައްމަދު ކިޔާފައިވާކަމަށް އޮފިޝަލް މައުލޫމާތުދެއްވައެވެ.

މި ކޮމިޝަނުގެ ފަރާތުން ނަމާދު ވަގުތު މީހުން އިތުރު ކަންކަމުގައި ޙަރަކާތްތެރިވާނަމަ، ނަމާދަށް ދިއުމަށް އަމުރުކޮށް ހަދައެވެ.

Wednesday, March 02, 2011

މާރޗް 1، 2011 ދުވަހުގެ ރޭގެ "އަލިފާން ނަގޫ ރޯޅި"

ފޮޓޯތަކުން އެފެނިވަޑައިގަންނަވަނީ، އިއްޔެރޭ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ރަށްބޭރުގައިވާ ސަހަރެއްގައި ހުންނަ ޕްލާސްޓިކް ޕްރޮސެސްކުރާ ފެކްޓަރީއެއްގައި ހިނގި އަލިފާން ރޯވުމުގެ ހާދިޘާއެއްގެ މަންޒަރުތަކެވެ. 15 ފޫޓްގެ އުސްމިނަށްވެސް އަލިފާންގަނޑު އަރާފައިވާކަމަށް ނޫސްވެރިއަކު ރިޕޯޓްކޮށްފައިވެއެވެ.



މިހާދިޘާގައި އެއްވެސް މީހަކު މަރުވެފައިވާކަން ރިޕޯޓް ކުރެވިފައި ނުވިއަސް، މިހާތަނަށް ހިނގާފައިވާ މިފަދަ އަލިފާން ނަގޫރޯޅީގެ އެންމެ ނުރައްކާތެރި ޙާދިޘާކަމަށް ވާ 1923 ވަަނަ އަހަރު ޖަޕާނަށް އައި ގްރޭޓް ކެންޓޯ ބިންހެލުމުގެ ޙާދިޘާގައި ވަނީ އެންމެ 15 މިނެޓް ތެރޭގައި 38000 މީހުން މަރުވެފައެވެ.

Tuesday, March 01, 2011

ޢިލްމްވެރިންނާއެކު ޔަމަން އަނެއްކާ މަގުމައްޗަށް


އަންގާރަ ދުވަހު މުޒާހަރާ ކުރުމަށް ޔަމަންގެ މަގުތަކަށް ނުކުތް ސަރުކާރާ ދެކޮޅު ފަރާތަތަކާއެކު ދީނީ ޢިލްމްވެރިންވެސް ނިކުމެ މުޒާހަރާތަކުގައި ބައިވެރިވާން ފަށައިފިއެވެ. ޔަމަނުގެ  ގިނަ ބައެއްގެ މަޤްބޫލުކަން ހޯދައިފައިވާ ޢިލްމްވެރިއެއްކަމުގައިވާ ޝައިޚް ޢަބްދުލް މަޖީދު އަލްޒިންދާނީ ވަނީ މުޒާހަރާގައި ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. ޔަމަންގެ އީމާން ޔުނިވާރސިޓީގެ ބާނީ އަދި އަލްއިޞްލާޙް ޕާރޓީގެ ޒަޢީމްކަންވެސް ކުރައްވަމުން ގެންދަވާ އަލްޒިންދާނީ ވަނީ ސަރުކާރު ބަދަލުކޮށް އިސްލާމީ ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލާފައެވެ.
މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުންދަނީ އެމެރިކާއާއި އިޒްރޭލަށް ތާއީދުކުރާ ބައެއްކަމަށް ޔަމަންގެ ރައީސް އައްޞާލިޙް ތުހުމަތުކުރަމުން ދާ މިދަނޑިވަޅުގައި، އެމެރިކާއިން ބްލެކްލިސްޓްކޮށްފައިވާ ޢިލްމްވެރިއަކު ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވާތީ ޢަރަބި ޤައުމުތަކުގައި މިހާރު ހިނގަމުންދާ ޙަރަކާތްތަކަކީ އިސްލާމީ ޚިލާފަތެއް ޤާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތެއް ކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެމެރިކާއަކީ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތައް ކަމަށްވާ މެދުއިރުމަތީގެ ގިނަ ހުދުމުޚުތާރުވެރިންނަށް ތާއީދުކުރާ ބައެކެވެ. ނަމަވެސް، ރައްޔިތުން ނުކުމެ ބަދަލު ގެންނަން ފެށުމުން އެމެރިކާއިންވެސް 30 އަހަރު ވާގިވެރިވެފައިވާ ޞާލިޙްގެ މިވެރިކަންވެސް  މިވަނީ ބަދަލުވުމުގެ މަގުމަތީގައެވެ.

3000 މީހުންނާއެކު އަންގާރަދުވަހު ކުރި މި މުޒާހަރާގައި ޝެއިޚް ޒިންދާނީ  "އިސްލާމީ ދައުލަތެއް އެބަ އާދެއެވެ." ވިދާޅުވުމާއެކު ރައްޔިތުންވަނީ "ﷲ އަކްބަރު" ގެ ނަޢްރާއިން މުޅިތަން ގުގުމާލާފައި ކަމުގައި ނޫސް އިދާރާތަކުން މައުލޫމާތުދެއެވެ.

ޝައިޚް ޒިންދާނީ އަކީ އިމާމް އަންވަރުލް އަވްލާޤީ އާއި އުސާމާ ބިން ލާދިންއާ ވަރަށް ގާތް ގުޅުން އޮންނަ ފަރާތެކެވެ.