ޤުދުޞް: ޙަމާސްއިން މީގެ ފަސް އަހަރު
ކުރިން ހައްޔަރު ކުރި އިޒްރާއީލުގެ ދިފާޢީ ބާރުގެ ސިފައިންގެ މީހެއް ކަމަށްވާ
ޖިލާދު ޝާލިޠުގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުގައި ނާއިންސާފުން
ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ އެތައް ސަތޭކަ ރަހީނުން މިނިވަންކުރާނެކަމަށް
އިޒްރާއީލްގެ ރައީސް ވިދާޅުވެއްޖެ އެވެ. އެގޮތުން ފުރަތަމަ ފިޔަވަޅުގައި މިނިވަންކުރާނެ
477 މީހެއްގެ ނަންވަނީ މިދިޔަ ހޮނިހިރު ދުވަހު އިޢުލާނުކޮށްފަ އެވެ.
މި ފަހަރު މިނިވަންކުރާނެކަމަށް ބުނާ
ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި ޙަމާސްގެ ޢަސްކަރީ ގޮފީގެ އެއް ބާނީކަމަށްވާ
ޔާހިޔާ ސަންވާރު ހިމެނޭކަމަށް ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުން މަޢުލޫމާތުދެ
އެވެ.
ޞުލްޙަވެރިކަމާއެކު ޖިލާދު އިޒްރާއީލާ
ޙަވާލުކުރާނެ ގޮތެއް ހޯދުމަށްޓަކާ ޙަމާސްގެ އިސް އޮފިޝަލުން މިޞްރުގެ
އިންޓެލިޖެންސް އޮފިސަރުންނާއެކު ޤާހިރާގައި ބައްދަލުކުރައްވާ
މަޝްވަރާކުރައްވާފައިވާކަމަށް ނޫސްތަކުން މަޢުލޫމާތުދެ އެވެ. ނަން ހާމަކުރަން ނޭދޭ
ޙަމާސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޖިލާދު ފުރަތަމަ ޙަވާލުކުރުމަށް
ހަމަޖެހިފައިވަނީ މިޞްރުގެ ޢަސްކަރިއްޔާއަށް ކަމަށާއި، އެމީހުން އޭނާ އިޒްރޭލާ
ޙަވާލުކުރާނެކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ކޮންތަނަކުން ކަމެއް އެ އޮފިޝަލު ހާމައެއް
ނުކުރައްވަ އެވެ.
ޖިލާދު ޝާލިޠު އިޒްރޭލާ ޙަވާލުކުރުމުގެ ކުރިން
އޭނާ ހައްޔަރުކޮށްފައި ހުރިތަން އިޒްރޭލުގެ ޖާސޫސުންނަށް އެނގިއްޖެނަމަ، ޝާލިޠު ވަގަށް
ނަގާފާނެކަމުގެ ބިރު އޮންނަ ކަމަށް ޙަމާސްގެ ފަރާތުން ޝާލިތު ބަލަހައްތަމުން
ގެންދާ އޮފިޝަލުން މައުލޫމާތު ދެމުންދެ އެވެ. ހަމައެއާ އެކު ޙަމާސްގެ
ހަނގުރާމަވެރިން ޖިލާދު ޝާލިޠަށް އަނިޔާ ކޮށްފާނެތީވެސް ޙަމާސްއިން ކަންބޮޑުވެފައިވެ
އެވެ.
No comments:
Post a Comment