![]() |
ޕެރިހުގެ މުސްލިމުން ފަޔާރ ސްޓޭޝަނެއް |
ޔޫރަޕްގެ
މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމަށްވާ ފަރަންސޭސި ވިލާތުގައި
މުސްލިމުން މަގުމަތީގައި ނަމާދުކުރުން މަނާކުރާ ޤާނޫނު 16 ސެޕްޓެމްބަރު 2011 ވީ
ހުކުރު ދުވަހުން ފަށައިގެން ހިންގަންފަށައިފި އެވެ. މިޤާނޫނު ހިނގަން ފެށުމާއެކު
ނިމިދިޔަ ހުކުރު ދުވަހު ފްރާންސްގެ މުސްލިމުން ހުކުރު ނަމާދުކޮށްފައިވަނީ ބޭނުން
ނުކޮށް ގިނަ ދުވަސްވެ ވިރާނާވެފައިވާ ބާ ޢިމާރާތްތަކާއި ފަޔާރސްޓޭޝަންތަކާއި ގުދަންތަކުގައިކަމަށް
ބައިނަލްއަޤްވާމީ ނޫސްއިދާރާތަކުން މައުލޫމާތު ދެ އެވެ.
މިޙުކުމަށް
ޢަމަލުކުރަމުންދަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކަމަށްވިޔަސް، އެހެނިހެން
ބޮޑެތި ރަށްރަށަށް މިޙުކުމް ހިންގަން ފަށާނެކަމަށްވެސް ފްރާންސްގެ އިންޓީރިއާ
މިނިސްޓަރ ވިދާޅުވެފައިވެ އެވެ. އޭގެތެރޭގައި އެތައް ހާސްމުސްލިމުން
ދިރިއުޅެމުންދާ ރަށްރަށްކަމަށްވާ މާރސެލީސް އާއި ލިއޯން އަދި ނައީސް ފަދަރަށްރަށް
ހިމެނޭނެއެވެ. ފްރާންސްގެ އިތުރުވަމުން އަންނަ މުސްލިމް އާބާދީއަށް އެކަށޭނެ
މިންވަރަށް މިސްކިތްތައް ނެތުމުގެ ސަބަބުން ހުކުރު ނަމާދު ފަދަ ޚާއްޞަ ނަމާދުތައް
ކުރާއިރު މަގުމަތީގައި ޖަމާޢަތް ހަދަން ޖެހެ އެވެ.
"މަގުމަތީގައި
ނަމާދުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން. (މަގުމަތީގައި ނަމާދުކުރުމަކީ)
ޢަލްމާނިއްޔަތުގެ އަސާސްތަކަށް އަންނަ ސީދާ ނުރައްކަލެއް." ޢަލްމާނީ (ސެކިޔުލާރ) އުޞޫލްތައް ދިފާޢުކުރައްވާ
ފްރާންސްގެ އިންޓީރިއާރ މިނިސްޓަރ ކްލައިޑް ޖޮއެއަން އެފިކުރުތަކުގެ ޙިމާޔަތުގައި
ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ފްރާންސްގައި
މިކަން މަނާވެގެން ދިޔުމުގެ އެއް ސަބަބަކަށް ވެފައިވަނީ ފްރާންސްގައި އިސްލާމްދީން
ފެތުރެމުންދާތީ އެކަމާ ދެކޮޅު ހެދުމުގެގޮތުން ނޭޝަނަލް ފްރޮންޓްގެ ފަރާތުން މިދިޔަ
އަހަރު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. ނޭޝަނަލް ފްރޮންޓްގެ ލީޑަރ މަރީން ލި ޕެން
މަގުމަތީގައި ނަމާދުކުރުން ސިފަކުރަމުންދަނީ "އަރައިގަންނަމުންދާ
ހަނގުރާމަވެރި ފައުޖުތަކެއް"ގެ ގޮތުގަ އެވެ.
މީގެ
ކުރިން ޔޫރަޕްގައި މޫނު ބުރުގާ އެޅުން މަނާކުރި ފުރަތަމަ ޤައުމަކަށް
ވެފައިވަނީވެސް ފްރާންސެވެ.
މިފަދައިން
ޔޫރަޕްގެ ޤައުމުތަކުގައި ޢަލްމާނިއްޔަތާއި ޑިމޮކްރަސީގެ ޙިމާޔަތުގައި އެހެންދީންތަކުގެ
އަޅުކަންކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާއިރު ހަމައެކަނި މުސްލިމުން
އުޅޭ އިސްލާމީ މުޖްތަމަޢުތަކުގައި އެހެން ދީންތަކަށް ޖާގަނުދޭތީ އެކަމާމެދުވެސް އެޤައުމުތަކުން
އަޑު އުފުލަމުންދެ އެވެ.
No comments:
Post a Comment