Pages

Saturday, September 10, 2011

ސެޕްޓެމްބަރ 11ގެ އާ ހަމަލާތަކެއްގެ އިންޒާރާއެކު އެމެރިކާ އެލާރޓަށް


ސެޕްޓެމްބަރ 11 ގެ ހާދިޘާއަށް 10 އަހަރު ވާ ދުވަހާ ދިމާކޮށް އަނެއްކާވެސް ވޮޝިންގޓަނާއި ނިއުޔޯރކަށް އަލްޤައިދާއިން ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު ލިބިފައިވާކަމަށް ބުނެ އެދެ ސިޓީ އެލާރޓަށް ނެގެސްފި އެވެ. މި ހަމަލާތައް ދިނުމަށް ރާވާފައިވަނީ ކާރެއް ނުވަތަ ޕިކަޕެއް ގައި ބޮމެއް ހަރުކޮށްގެންކަމަށްވެސް އެމެރިކާގެ އިސް އޮފިޝަލުން މައުލޫމާތުދެއްވަ އެވެ. މިކަމުގެ އަޑީގައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ އަލްޤައިދާގެ މެމްބަރުންނާއި ގުޅުމެއްވާ ތިން މީހެއްކަމަށް ވެސް އޮފިޝަލުން ހާމަކުރައްވައެވެ. އޭގެ ތެރެއިން 2 މީހުންނަކީ އެމެރިކާގެ ރައްޔިތުންނެވެ.
ހަމަލާދޭނެ 3 މީހުން މިދިޔަ މަހު އެމެރިކާއަށް އެތެރެ ވެފައިވާ ކަމަށާއި މިހާރު އެތިން މީހުން ހޯދަމުންދާކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ. އަދި މީގެ އިތުރުން ކަންސަސް ސިޓީއިން ގެއްލިފައިވާ 2 ޓްރަކެއް ހޯދުމުގެ މަސައްކަތްވެސް ސަލާމަތީ ބާރުތަކުން ވަނީ ފަށާފަ އެވެ.
ވޮޝިންގޓަނާއި ނިއުޔޯރކުގެ މަގުތަކުގައި ގިނަ އަދަދަކަށް ކައުންޓަރ-ޓެރަރިޒަމް ފޯސްތަކުން މިހާރު ހަރަކާތްތެރިވަމުންދާކަމަށް އެމެރިކާގެ ނޫސް އިދާރާތަކުން މައުލޫމާތުދެ އެވެ. މި ހަމަލާތަކާ ބެހޭ މައުލޫމާތު ލިބިފައިވަނީ އިތުބާރުކުރެވޭ މަޞްދަރުތަކަކުންކަމަށްވެސް އެމެރިކާގެ އިސް ފަރާތްތަކުން ހާމަކުރައްވަ އެވެ. ބައެއް ނޫސް އިދާރާތަކުން ހާމަކުރާ ގޮތުގައި އެއީ އަފްޣާނިސްތާނުން އެމެރިކާއަށް ޖާސޫސުކޮށްދޭ ފަރާތެކެވެ. އެފަރާތުން އެމެރިކާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އަލްޤައިދާގެ މިހާރުގެ ލީޑަރ ޝެއިޚް އައިމަނުލް ޒަވާހިރީ މިވަގުތު ވަނީ ޕާކިސްތާނަށް ވަޑައިގެންނެވެ. އަދި ޒަވާހިރީވަނީ އެ ހަމަލާތައް ދިނުމަށް ހުއްދަ ދެއްވާފާކަމަށްވެސް ޖަސޫސުން އެމެރިކާއަށް އަންގާފައި އެވެ.
މިހަމަލާތަކާ ބެހޭ މައުލޫމާތު ލިބިފައިވަނީ އެހެން ފަހަރުތަކާ ޚިލާފަށް ހުރިހާ މައުލޫމާތެއް އެއްފަހަރާކަމަށާއި، ވަކިވަކިން ފަހަރަކު އެތިކޮޅެއްގޮތަށް ނޫންކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ. މައުލޫމާތު ލިބިފައިވާ މި ރޭވުންތައް ވެގެންދާނީ ސީދާ ތެދު މައުލޫމާތަކަށް ނުވަތަ އެމެރިކާ ބިރުގަންނުވަން ހަދާފައިވާ ސީދާ ދޮގު މައުލޫމާތަކަށް ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. އެހެންކަމުން އެކަމަށް ފިޔަވަޅު އަޅާފައިވަނީކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ިފަދައިން އެމެރިކާ އެލާރޓަށް އަރާފައިވުމުން ދޭހަވެގެންދަނީ އަލްޤައިދާގެ ކުރީގެ ލީޑަރ އުސާމާ ބިން ލާދިން ކުރިން އެމެރިކާއަށް އިންޒާރުކޮށް ދެއްވާފައިވާ ބަސްކޮޅެއްގެ ތެދުމަކެވެ. ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އަމާންކަމާއެކު އުޅެވުނަ ނުދެނީސް އެމެރިކާއަށްވެސް އަމާންކަމާއެކު އުޅެވުނަ ނުދޭނެކަމަށް ކުރިން އުސާމާ ވިދާޅުވެފައިވެ އެވެ.

No comments: