Pages

Friday, September 09, 2011

އިޒްރާއީލުން މަސްޖިދުލް އަޤްޞާ ވައްޓާލަމުންދާތީ ޤުދުސްގެ މުފްތީ އިންޒާރެއް ދެއްވައިފި

Image links:



ހިފާފައިވާ ޤުދުސް: އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާގެ ދަށުން އިޒްރާއީލުން ކޮންނަމުންދާތީ، ޤުދުސްގެ މުފްތީ ޢައުޡަމް މުޙައްމަދު ޙުސައިން އެކަމާ ކަން ބޮޑުވުން ފާޅުކުރައްވައިފި އެވެ. އެންމެހާ މުސްލިމުންގެ މުޤައްދަސް މިމިސްކިތަށް ގެއްލުން ލިބޭ ގޮތަށް އިޒްރާއީލުން ކުރަމުން މިދާ ޢަމަލު ވަޤުތުން ހުއްޓާލުމަށްވެސް ބައިތުލް މަޤްދިސްގެ ބޮޑު މުފްތީ ވަނީ ގޮވާލައްވާފަ އެވެ. މުފްތީ ނެރުއްވި ނޫސް ބަޔާނެއްގައި އިޒްރާއީލުން ކުރަމުންދާ ޢަމަލުގެ ސަބަބުން ދިމާވެދާނެ ކޮންމެ ކަމެއްގެ ޒިންމާ އިޒްރާއީލުން އުފުލަން ޖެހޭނެކަމަށް އަންގަވާ އިންޒާރުދެއްވާފައިވެ އެވެ. މިފަދައިން މުފްތީ ޢައުޡަމް ނޫސް ބަޔާނެއް ނެރުއްވާފައި މިވަނީ  އައިނު ސިލްވަން ސަރަޙައްދުން އަލްއަޤްޞާ ސަރަޙައްދުގެ ހުޅަނގު ދެކުނު ކަނަށް ބިމުގެ އަޑިން ޓަނަލެއް ހެދުމަށް އިޒްރާއީލުން ކުރަމުންދާ މަސައްކަތުގައި، މަސްޖިދުލް އަޤްޞާގެ ބިންގަލާ ހަމައަށް ކޮނެ އަޤްސާގެ ބިންގަލަށް މިހާރު ގެއްލުންދެމުންދާތީ އެކަމުގެ ހާސްކަމާއި ކަންބޮޑުވުން ޢާއްމުންގެ ތެރޭގައި ފެތުރެން ފެށުމުންނެވެ. މުސްލިމުންގެ މުޤައްދަސް މިސްކިތެއްކަމުގައިވާ މަސްޖިދުލް އަޤްޞާގެ ބިންގަލުގައި އިޒްރާއީލުން މިހާރު ތަޅަމުންދާކަމަށް ފަލަސްޠީނުން ލައިވް އަޕްޑޭޓްސް ގެންނަމުންދާ ބައެއް ސައިޓުތަކުން ބުނެ އެވެ.


މުފްޠީ ޢައުޡަމްގެ މި ބަޔާނުގައި މިއީ އިޒްރާއީލުން އަޤްޞާއަށް ގެއްލުން ދިނުމަށްޓަކާ މިފަދައިން ކުރަމުންދާ ހަމައެކަނި ޢަމަލުނޫންނަކަމަށް ފާހަގަކުރައްވަމުން ވިދާޅުވެފައިވަނީ އިޒްރާއީލުން މުޅި ޤުދުޞް އިންވެސް ޢަރަބި އިސްލާމީ އަޘަރުތައް ފޮހެލާ މުޅި ޝަހަރު ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ފަލަސްޠީނުގެ ބިނާތަކާއި މުޤައްދަސް އެހެނިހެންތަންތަން ހަލާކުކުރުމަށް ރާވައިގެން އިޒްރާއީލުން ހިންގަމުންދާ ކަންކަމާމެދު ރައްކާތެރިވެ ތިބުމަށްވެސް އިންޒާރުކުރައްވާފައިވެއެވެ.  އަދި ފަލަސްޠީނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ކިބައިން އެދިވަޑައިގެންފައިވަނީ މާލަސްވުމުގެ ކުރިން އިޒްރާއީލުގެ މިޢަމަލުތައް ހުއްޓުވާދިނުމަށް މަސައްކަތްކުރެއްވުމަށެވެ.

No comments: