Pages

Tuesday, February 14, 2012

ބައްޝާރުގެ ލަޝްކަރުތަކުގެ ހަމަލާތައް އަނެއްކާވެސް ސުންނީ މުސްލިމް އާބާދީތަކަށް

ޢަރަބި ލީގުން ސީރިޔާގެ މިނިވަން ލަޝްކަރަށް އެހީވާން އެއްބަސްވެފައިވަނިކޮށް، ސުންނީ މުސްލިމުންގެ އާބާދީ ބޮޑު ހިސާބުތަކަށް  ބައްޝާރުގެ ލަޝްކަރުތަކުން އަނެއްކާވެސް ހަމަލާތައް ދޭން ފަށައިފިއެވެ. ބައްޝާރުގެ ލަޝްކަރުތަކުން ޚަމްޞް ފަދަ މުސްލިމް އާބާދީތަކަށް ދެމުންގެންދާ ހަމަލާތައް އަނެއްކާ ފަށާފައި މިވަނީ އެއްދުވަހަށް ހަމަލާތައް މަޑުޖައްސާލުމަށްފަހުގައެވެ. މި ޙަމަލާތައް އަލުން ފަށާފައި މިވަނީ، ބައްޝާރުގެ ލަޝްކަރުތަކުން ދެމުންގެންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ބައްޝާރާ ދެކޮޅަށް ނުކުންނަން ޢަރަބި ލީގުން މިދިޔަ އާދީއްތަ ދުވަހު މިޞްރުގެ ޤާހިރާގައި ބޭއްވި އެލީގުގެ ބައްދަލުވުމެއްގައި ފާސްކޮށްފައިވަނީކޮށެވެ.

ޢަރަބި ލީގުންވަނީ އ.ދގެ ސެކިޔުރިޓީ ކައުންސިލްގެ ސުލްޙަ ބަލަހައްޓާ ފައުޖުތަކުންވެސް ސީރިޔާއަށް އެހީތެރިވެދިނުމަށް ގޮވާލާފައެވެ. ނަމަވެސް އދ ގެ އެފަދަ ނިންމުންތަކަށް ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކުރާނެތީ އަދި ވަނީ އެފަދަ ނިންމުމެއް ވަނީ ނުނިންމިފައެވެ. މި ފެބްރުއަރީ މަހު 4 ވަނަ ދުވަހުވެސް ސީރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އ.ދ އިން ފާސްކުރަން އުޅުނު ޤަރާރު ފާސްނުވެފައިވަނީ މިދެޤައުމުން ވީޓޯ ކުރުމުންނެވެ.

ސީރިޔާގެ މުސްލިމުން ގިނަ ސަރަޙައްދުތަކުން މުވާސަލާތީ ގުޅުން ކަނޑާލާފައިވާތީ، ޢަރަބި ލީގުންވަނީ ސިރިޔާގައި ބައްޝާރުގެ ލަޝްކަރާ ދެކޮޅަށް މަސައްކަތްކުރާ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ މިނިވަން ސިރިޔާ ލަޝްކަރާ އެކު މުވާސަލާތީ ގުޅުން ދެމެހެއްޓުމަށްވެސް ނިންމާފައެވެ.
              
ސީރިޔާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ބައްޝާރުލް އަސަދަކީ ޢަލަވީ އެކެވެ. އެއީ ކާފަރުންކަމަށް މުސްލިމް ޢިލްމުވެރިން ވިދާޅުވެއެވެ. މިހާރުވެސް 5000 އަށްވުރެ ގިނަ މުސްލިމުން މަރާލާފައިވާ ބައްޝާރުގެ ލަޝްކަރުތަކުން ބުނަމުންދަނީ ބައްޝާރު ފަތަޙަ ހޯދާނީ މާތް ރަސްކަލާނގެ ބަލިކޮށްލުމަށް ފަހުގައިކަމަށެވެ. (ނަޢޫޛު ބިއްﷲ!)

No comments: