Pages

Tuesday, March 29, 2011

ޢަރަބި ޤައުމުތަކުގެ މުސްލިމުންނަށްޓަކާ އިންޑޮނޭޝިޔާގެ މުސްލިމުން "ﷲ އަކްބަރު"


"ﷲ އަކްބަރް، ﷲ އަކްބަރް، ﷲ އަކްބަރް" މިނަޢްރާއިން މުޅިތަން ގުގުމާލާފައިވާކަމަށް އޭޕީ ނޫސްއިދާރާއިން މައުލޫމާތުދެއެވެ.

މިދިޔަ އާދީއްތަ ދުވަހު އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި މުޒާހަރާކުރަމުން ދިޔަ 10000 އަށްވުރެ ގިނަ މުސްލިމުން އެމީހުންގެ ޝުޢޫރު ފާޅުކުރަމުންދިޔައީ ޢަރަބި ޤައުމުތަކުގައި ތިބި އެމީހުންގެ އަޚުންނާއި އުޚުތުންގެ ދިފާޢުގައެވެ. އިސްލާމީ ވެރިކަމެއް ނުވަތަ ޚިލާފަތެއް ޤާއިމްކުރުމުގެ އުއްމީދުގައި ޢަރަބި ޤައުމުތަކުގެ ސިޔާސީ މަޞްރަޙަށް އަންނަ ބަދަލުތަކަށް ތާއީދުކުރާކަން ހާމަކުރުމަށްޓަކައެވެ.

ލީބިޔާގެ ލީޑަރު މަޤާމް ދޫކޮށްލުމަށް ގޮވާލާފައި ވާއިރު، ހުޅަނގުގެ ބާރުތައް ލީބިޔާ ދޫކޮށްލުމަށްވެސް ވަނީ މި ޞުލްޙަވެރި އެއްވުމުގެ ބައިވެރިން ގޮވާލާފައެވެ.
ބައެއް ނޫސް އިދާރާތަކުން ހާމަކުރާ ގޮތުގައި އިންޑޮނޭޝިޔާގައި އާދީއްތަ ދުވަހު ކުރެވުނީ "ޕްރޯ ޑިމޮކްރަސީ" މުޒާހަރާއެކެވެ. ނަމަވެސް ޙަޤީޤަތުގައި މި މުޒާހަރާ އިންތިޒާމްކުރި ފަރާތްކަމަށްވާ ޖަސްޓިސް އެންޑް ޕްރޮސްޕެރިޓީ ޕާރޓީ (ކުރުކޮށް ޕީ ކޭ އެސް) އަކީ މީގެ ކުރިން އެފަދަ ނޫސް އިދާރާތަކުން ސިފަކޮށްފައިވާ ގޮތުގައި "ހައްދުފަހަނަ އަޅާފައިވާ" "އިސްލާމިސްޓް" "ރެޑިކަލް" "ޖިހާދީ" ޕާރޓީއެކެވެ. ޑިމޮކްރަސީގެ ތެރޭގައި ތިބެ ޑިމޮކްރަސީއާއި ދެކޮޅަށް މަސައްކަތް ކުރާ ބައެކެވެ. އެފަދަ ބަޔަކު މިހާރު ކުރާ މުޒާހަރާ އެއީ "ޑިމޮކުރަސީއަށްޓަކާ" ކުރާ މުޒާހަރާއަކަށް ވެގެން އެދަނީ ޢަރަބި ޤައުމުތަކުގެ މުސްލިމުން "ނަމޫނާ ޑިމޮކްރަސީ" އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުތަކާ ދެކޮޅަށް އުފުލާ އަޑުތައް "ޑިމޮކުރަސީއަށް" ވާހެންނެވެ.

މުޒާހަރާގައި ވާހަކަ ދައްކަވަމުން ޕީ ކޭ އެސްގެ ލީޑަރ ޙިދާޔަތު ނޫރު ވާޙިދު ވަނީ ލީބިޔާގެ ލީޑަރު މުޢައްމަރު ޣައްޛާފީގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނަމުމަށް ގޮވާލައްވާފައެވެ. އަދި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ޢަރަބި ޤައުމުތައް މިނިވަން ކުރުމުގެ ނަމުގައި ޢާއްމުން މަރަމުންދާތީ އެކަމަށްވެސް ފާޑުކިޔުައްވާ ނުރުހުން ފާޅުކުރައްފައިވެސް ވެއެވެ.

އެއްވުމުގެ ބައިވެރިން ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައްވެސް ކުަށްވެރިކޮށްފައެވެ.  އަދި އިންޑޮނޭޝިޔާގެ ސަރުކާރަށް ވަނީ ރަޝިޔާއާއި ޗައިނާއާއި ތުރުކީއާއި އިންޑިޔާ ފަދައިން  ލީބިޔާއަށް އަރައިގެން އުޅޭ ގުޅިފައިވާ ހުޅަނގުގެ ބާރުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ.

އިންޑޮނޭޝިޔާއަކީ އިސްލާމީ ބަދަލުތައް ގެނައުމުގައި މިޒަމާނުގެ ނަމޫނާ ޤައުމެކެވެ. 1988ގައި އިންޑޮނޭޝިޔާގެ ރައްޔިތުން ވަނީ އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުން ގޮސްފައިވާ ޖެނެރަލް ސުކާޓޯގެ ދިގު ޚުދުމުޚުތާރު ވެރިކަން ރައްޔިތުން ގެނައި އިންޤިލާބެއްގައި ވައްޓާލާފައެވެ.


No comments: