( 6 މާރޗް، 2011 އާދިއްތަ) : މިއަދު ސައުދީ އަރަބިއްޔާ ގެ ދުވަހު ނޫހެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ޗައިނާ ދަރިކޮޅުގެ މީހަކު އިސްލާމްވެއްޖެއެވެ. މީނާ އިސްލާމްވެފައިވަނީ ސައުދީގެ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރާ ޕޮލިހުން ނުވަތަ (هيئة الأمر بالمعروف والنهي عن المنكر) ނާއި ވާހަކަދައްކާލުމަށް ފަހުއެވެ.
މިކޮމިޝަންގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ހާމަކުރައްވާފައިވާ ގޮތުގައި ނަމާދު ވަގުތު މައްކާގެ ޙަރަމްފުޅުބޭރުގައި މީނާ އިށީިނދެގެން އިންތަަން ޕޮލިހުންނަށް ފެނިފައިވެއެވެ. އަދި މިކަމާ އޭނާއާއި ސުވާލުކުރުމުން އިސްލާމް ދީނާމެދު ޝައުޤުވެރިވާކަން އޭނާ ހާމަކުރިކަމަށާއި، ފަހުން އޭނާއާއި އެކު ކާރުގައި ދުއްވާލަން ނުކުމެ އިނގިރޭސިބަހުން ދެކެވުނު ވާހަކަތަކަށް ފަހު އޭނާ ވަގުތުން އިސްލާމްވެ ނަމަކަށް މުޙައްމަދު ކިޔާފައިވާކަމަށް އޮފިޝަލް މައުލޫމާތުދެއްވައެވެ.
މި ކޮމިޝަނުގެ ފަރާތުން ނަމާދު ވަގުތު މީހުން އިތުރު ކަންކަމުގައި ޙަރަކާތްތެރިވާނަމަ، ނަމާދަށް ދިއުމަށް އަމުރުކޮށް ހަދައެވެ.
No comments:
Post a Comment