Pages

Wednesday, March 16, 2011

ޢުރުދުންގައި ކުރިއަށްދާ މުޒާހަރާތައް – މެދުއިރުމަތީގައި އެމެރިކާ ނިކަމެތިވަނީ



ޢުރުދުންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ 90 އެއްހާ މުސްލިމުން ދޫކޮށްލުމަށް ގޮވާލާ ޢުރުދުންގެ ރައްޔިތުން އަނެއްކާވެސް މުޒާހަރާއެއް ކޮށްފިއެވެ. މިއީ އެއްމަސްދުވަސް ތެރޭގައި ޢުރުދުންގައި ބޭއްވި 3 ވަނަ މުޒާހަޜާއެވެ. މިފަހަރުގެ މުޒާހަރާ ބާއްވާފައިވަނީ ޢައްމާނުގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައެވެ.
2009 ވަނަ އަހަރުން ފަށައިގެން ޢުރުދުންނުން އަފްޣާނިސްތާނުގައި އެމެރިކާއަށް ވާގިވެރިވަމުންދާކަމީ ގިނަ ބައެއްގެ ނުރުހުން ޢުރުދުންގެ ސަރުކާރަށް އަމާޒުވެފައިވާ ކަމެކެވެ. އަސީރުން މިނިވަންކުރުމަށް ގޮވާލާ މީހުންގެ ތެރޭގައި 2009 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާގެ 9 މީހަކު މަރާލި ޙައްމާމަށް ސަޕޯޓްކުރާ އެތައް ބަޔަކު ހިމެނެއެވެ.

"ރައްޔިތުން އެދެނީ އަސީރުން މިނިވަން ކުރުމަށް. އަހަރެމެންގެ މަގަކީ ޖިހާދުކުރުން" އެއްވެ ތިބި މީސްތަކުން މިފަދައިން ގޮވަމުންދާ ކަމަށް ބައިނަލްއަޤްވާމީ ނޫސް އިދާރާތަކުން ބަޔާންކުރެއެވެ.

ހަމަ މިފަދައިން ޢުރުދުންގެ ޤާނޫނު ހަދާ މަޖްލިސްދޮށުގައި އިޚްވާނުލް މުސްލިމީންގެ ޢުރުދުން ގޮފިންވަނީ މުޒާހަރާކޮށް މަޖްލިސް އުވާލުމަށް ގޮވާލާފައެވެ. އެމެރިކާގެ ވާގި ލިބިގެންތިބެ ސަރުކާރުން ނިމިދިޔަ ނޮވެމްބަރު މަހު ކުރިއަށް ދިޔަ މަޖްލިސް އިންތިޚާބު އިންތިޒާމުކުރުމުގައި މަކަރު ހަދާ އޮޅުވާލާފައިވާތީ އެ ޖަމާޢަތުގެ ޕާޓި (އިސްލާމިކް އެކްޝަން ފްރޮންޓް)އިން ވަނީ އިންތިޚާބުވެސް ބޮއިކޮޓް ކޮށްލާފައެވެ.
ޢުރުދުންނަކީ އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުން އެމެރިޚާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ޢަރަބި ޤައުމެކެވެ. މެދުއިރުމަތީގައި އެމެރިކާ ވާގި ވެރިވާ ގިނަ ގޮނޑިކޮއްކޮ ސަރުކާރުތަކެއް ބަލިވެ ރައްޔިތުންގެ ބާރުގެ ދަށަށްދާކަމީ އެމެރިކާގެ ނުފޫޒުން ސަލާމަތްވެފައިވާ އިސްލާމީ އެކުވެރި ދައުލަތެއް އުފެއްދުމަށް ކޮށެވެމުންދާ ސީދާސާދާ މަގެއްކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވެއެވެ.

No comments: